ރިޕޯޓް

ސަރުކާރަށް ދެ އަހަރު: އެންމެ ގިނަ މަޝްރޫއު ހިންގީ ޔޫތު މިނިސްޓްރީން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ޖުމްހޫރީ ދުވަސް ފާހަގަ ކުރާއިރު މިއަދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް 2 އަހަރު ފުރޭ ދުވަހެވެ. އެކަން މުޅި ގައުމު މިއަދު ފާހަގަ ކުރަމުންދާއިރު، ރާއްޖޭގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ވަނީ މަޝްރޫއު ތަކެއް ފައްޓަވައިދެއްވާފައެވެ. އެގޮތުންވެސް، އެންމެ ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާ ދާއިރާއަކީ ކުޅިވަރާއި ޒުވާނުންނާއި ބެހޭ ދާއިރާކަން ފާހަަގަ ކޮށްލަން ޖެހެއެވެ.

Ads by MWSC

ފެންނަން އޮތް ހަގީގަތަކީ ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު ކުރިއަށް ގެންދިޔަ ވުޒާރާ އަކީ ކުޅިވަރާ ބެހޭ ވުޒާރާކަމެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާރފް ދަނޑުތައް އެޅުން ހިމެނެއެވެެ. އެގޮތުން މި ދެ އަހަރުގެ މަސައްކަތަށް ބަލާއިރު 39 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރަން އެކި ކުންފުނި ތަކާއި ހަވާލު ކުރެވުނު އިރު 17 ދަނޑެއްގެ މަސައްކަތް މިހާރުވެސް ވަނީ ނިންމާލެވިފައެވެ. މިހާރު މަސައްކަތް ކުރިއަށް ދަނީ 16 ރަށެއްގައެވެ. ރާއްޖޭގައި ހުނަރުވެރި މޮޅު އެތައް ފުޓްބޯޅަ ކުޅުންތެރިންނެއް އުފެދުމަށް ހުޅުވާލެވުނު ދޮރަކަށް މި މަޝްރޫއުތައް ވެގެން ދާނެއެވެ.

ރާއްޖޭޣެ އެކި ކަންކޮޅުތަކުގައި ގިނަ ފުޓްސަލް ދަނޑުތަކެއްވެސް މި ސަރުކާރުން ވަނީ ގާއިމު ކޮށްފައެވެ. އެގޮތުން 51 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާއިރު 06 ދަނޑެއްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިސްކަންދެއްވީ ހަމަ އެކަނި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް އެޅުއްވުމަކަށް ނޫނެވެ. އެހެން ކުޅިވަރުތަކުގެ މަޝްރޫއުތައްވެސް މި ސަަރުކާރުގައި ކުރިއަށް ގެންގޮސްފައި އެބަހުއްޓެވެ. އެގޮތުން، ރާއްޖޭގެ ފެތުމުގެ ވަސީލަތްތައް ތަރައްގީ ކޮށް މާލޭގެ ސްވިމިންގް ޓްރެކާއި އިތުރު ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމްތައް ގާއިމު ކުރުމަށް ސަރުކާރުން ވަނީ ބޮޑު ހަރަދެއް ކޮށްފައެވެ. ހަމަ އެހެންމެ އޮލިމްޕިކް ފެންވަރުގެ ސްވިމިންގް ޕޫލަށް ބޭނުންވާ ބިން މިހާރު ސާފު ކުރެވިފައިވާއިރު ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.  އަދި މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ޑައިވިންގް ޕްލެޓްފޯމެއް ގާއިމު ކުރެވިގެން ދާނެއެވެ. އެގޮތުން މާލޭ ފަތާ ޓްރެކް ތަރައްގީ ކުުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހަށް ނިންމާލެވޭނެއެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓެނިސް ފެސިލިޓީއެއް ވެސް މި ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ޓެނިސް އެސޯސިއޭޝަނާއި ގުޅިގެން އެއް ކޯޓު އިތުރުކޮސް ފެންވަރު ރަނގަޅު ފެސިލިޓީއެއް ވަނީ ގާއިމު ކުރެވިފައެވެ. އަދި ހަމަ އެހެންމެ އަންނަ އަހަރު ހުޅުމާލޭގައި 5 ޓެނިސް ކޯޓު ގާއިމު ކުރުމަށް އެސޯސިއޭޝަނާއެކު މަޝްވަރާ ކުރެވެމުން އެބަދެއެވެ.

މި ސަރުކާރުގެ ތަރައްގީގެ ތެރޭގައި އެއްވެސް ކުޅިވަރެއް މަހުރޫމް ކޮށްފައެެއް ނުވެއެވެ. އެގޮތުން ވޮލީ ކުޅޭ ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށްވެސް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައުޓްޑޯރ ވޮލީ ކޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ކ.ހުރާ، އއ.އުކުޅަސް އަދި ހއ.އިހަވަންދޫ ވޮލީ ކޯޓުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އއ.ދިއްދޫ އަދި ރ.ކިނޮޅަހުގެ ވޮލީ ކޯޓުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ިއތުރުން އަންނަ އަހަރުގެ ބަޖެޓުގައި 20 ރަށެއްގެ އައުޓްޑޯރ ވޮލީ ކޯޓު ގާއިމު ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެެއެވެ.

ކްރިކެޓަކީ މީގެ ކުރިން މާބޮޑަށް އަޅާނުލެވިފައިވާ ކުޅިވަރެކެވެ. އެހެން ނަމަވެސް މި ސަރުކާރުން ކުރިކެެޓް ކުޅޭ ޒުވާނުންވެސް މާޔޫސް ކޮށެއް ނުލައެވެ. އެގޮތުން ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް ހުޅުމާލެއިން ބިން ހަަމަ ޖެހިގަގއިވާއިރު މި ސްޓޭޑިއަމަށް 22،000 މީހުންނަށް ވަދެވޭނެއެވެ. މި މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.

މި ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަޝްރޫއު މިހާރު އޮތީ ބިޑު މަރުހަލާގައެވެ. ސަރުކާރުގެ ފަރާތުން ސަރަހައްދީ ފެންވަރުގެ ހޭންޑް ބޯލް ކޯޓެއް ގާއިމު ކުރުމަށްވެސް ވަނީ ނިންމާފައެވެ. އެ މަސައްކަތް މިހާރުރ ވަނީ ފެށިފައެވެ.

ދުނިޔޭގެ ފެންވަރުގެ ބިލިއާރޑް ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި ހަމަ އެހެންމެ ބިލިއާޑް ހައުސް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މިނިސްޓްރީ އޮފް ޔޫތުގެ ފަރާތުން މުޖުތަމައުގެ ލާބަ އާއި ފައިދާއަށް އެތައް ކަންތައްތަކެއް އަންނަނީ ކޮށްދެމުންނެވެ. އެގޮތުން މިނިސްޓްރީގެ ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންވެސް ގިނަ ކަންތައްތަކެއް ވަނީ ކޮށްދީފައެވެ. މުޖުތަމައުގެ ލާބަ އާއި މަންފާއަށް ޓަކައި 104 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން 61 އައުޓްޑޯ ޖިމްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި ދެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ފަރާތުން އަންނަމުންދާ ޝަކުވާ އަކީ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކަށް ދެވޭ މުސާރައިގައި ތަފާތު ކުރާ މައްސަލައެވެ. އެކަމަށްވެސް މި ސަރުކާރުން ވަނީ ހައްލު ގެނެސްދީފައެވެ. އެގޮތުން ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާ އަދި ކޮންމެ އޮފިޝަލަކަށް 2500 ރުފިޔާ ދަނީ ދޫކުރެވެމުންނެވެ. އަދި އިނާމް ފައިސާގެ ފަރަގުތައްވެސް ވަނީ ނައްތާލެވިފައެވެ. މީގެ އިތުރުން ގައުމީ އެތުލީޓުންނަށް ހާއްސަ އިންޝިއުރެންސް ޕެކޭޖްތައް ތައާރަފް ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

ފާއިތުވެދިޔަ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖެއަށް ރަން ވަނަތަކެއް ގެނެސްދިން ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. ޓޭބަލް ޓެނިސްގެ ކާމިޔާބީއާއެކު މުޅި ގައުމު ހެއްވާލިއެވެ. މުޅި ގައުމު ފަޚުުރުވެރިވާނެ ފަދަ ރަންވަނަތަކެއް އެ ކުޅިވަރުން ހާސިލު ކުރިއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ވަކިން ހާއްސަ ބިމެއް މި ސަރުކާރުން ވަނީ ހަމަ ޖައްސައިދީފައެވެ. އަދި 46 އަހަރަށްފަހު މާލެއިން ބޭރުގައި ޓީޓީ ފެސިލިޓީއެއް ވަނީ ގާއިމު ކުރެވިފައެވެ.

ރައީސް އިބްރާހިމް މުހައްްމަދު ޞާލިހުގެ ސަރުކާރުގެ އެއް އަމާޒަކީ ދުޅަހެޔޮ ހަށިހެޔޮ ފަރުދުންތަކެއް ބިނާ ކުރުމެވެ. އެގޮތުން އެ މަސައްކަތަށް ޓަކައި 114 ސްޕޯރޓްސް ކައުންސިލަރުން ވަނީ އެކި ރަށްރަށަށް އައްޔަން ކުރެވިފައެވެ.

ރާޒުވާ ކުޅުމަށް ހާއްސަ ފެސިލިޓީއެއް ވެސް މި ސަރުކާރުން ވަނީ ގާއިމުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗެސް ކުޅުމަށް ހާއްސަ ކޮށް ނެޝެނަލް ޗެސް އާކޭޑް އެއް ވަނީ ގާއިމު ކޮށްފައެވެ.  އަދި މި ސަރުކާރުގައި މާޝަލް އާރޓްސް އެސޯޝިއޭޝަނެއްް ވުޖޫދަށް ވަނީ ގެނެވިފައެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޭޝަނަލް މާޝަލް އާރޓްސް ސެންޓަރެއް ވަނީ ގާއިމު ކުރެވިފައެވެ.

މާލޭގައި ބާސްކެޓް އިންޑޯރ ކޯޓެއް އެޅުމަށް ޓަަކައި މިހާރު ވަނީ އިންޑޯރ ޑިޒައިން ކުރުމުގެ މަރުހަލާގައެވެ. އަދި 20 އަހަރަށްފަހު ހިތަދޫ ބާސްކެޓް ކޯޓުގެ މަސައްކަތް ނިންމާލެވިފައިވާއިރު ފުވައްމުލަކުގައި 2 ކޯޓުގެ މަސައްކަތް ދަނީ ކުރިއަށެވެ، އަދި ހއ.ދިއްދޫ އާއި ގއ.ވިލިނގިލީގެ ކޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ރާއްޖޭގައި ރާޅާއެޅުމަކީ ގިނަ ޒުވާނުންތަކެއް ކޮށް އުޅޭ ކަމެކެވެ. އެ ޒުވާނުންނަށްވެސް އުފާވެރިކަން މި ސަރުކާރުން ވަނީ ގެނެސްދީފައެވެ. އެގޮތުން 10 ރަށެއްގައި ސާރފް ޝެކް ގާއިމުކުރުމަށް ސާރފިން އެސޯސިއޭޝަނާއި ގުޅިގެން ޑިޒައިން ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަދި ސާރފިން އެސޯސިއޭޝަނަށް ވަކި ހާއްސަ އޮފީހެއް ވަނީ ހަމަ ޖެހިފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފާއިތުވެދިޔަ 2 އަަަހަރުގެ ތެރޭގއި 327 ޕީއެސްއައިޕީ މަޝްރޫއު ހިންގާފައިވާއިރު އެ މަޝްރޫއުތަކަށް ވަނީ 345 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

މިއީ ކުޅިވަރުން ދިވެހި ގައުމަށް ކާމިޔާބު ގެނެސްދިނުމަށް މި ސަރުކާރުން ތަނަވަސް ކޮށްދޭ އިތުރު މަގުތަކެއް ކަން ޔަގީނެވެ. މިނިސްޓަރ މަހްލޫފާއި އެމަނިކުފާނުގެ ފަހަތުގައިވާ ހީވާގި ޓީމުގެ ފަރާތުން ތަފާތު ދައްކައިފިއެވެ. ނަމޫނާއެއް ދައްކައިފިއެެެވެ. ޒުވާނުންނަކީ މުހިއްމު ބައެއްކަން އެ ޒުވާނުންނަށް އެ މަނިކުފާނު އިހްސާސް ކޮށްދީފިއެވެ.

Ads by Allied Insurance
  1. ލީން

    ދަރަނިވެރިި ނުވެެ ތިކަންކަންް ކޮއްފަަ ހުރިނަމަަ ވަރަށްް ފުރިހަމަވާނެ