ޚަބަރު

ކުރީގެ ރުފިޔާގެ 46،976 ނޫޓު ނައްތާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގައި ބޭނުންކުރި ރުފިޔާގެ 46,976 ނޫޓެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނައްތާލައިފި އެވެ.

Ads by Hajj Corporation

އެމްއެމްއޭގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން، 46,976 ނޫޓު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލް އޮފީހުގެ އޮފިޝަލުންގެ ހާޒިރުގަ އެވެ.

މި ގޮތުން ނައްތާލި ނޫޓުތަކުގެ އަގު 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ރާއްޖޭގައި 1983 ވަނަ އަހަރުން ފެށިގެން ތައާރަފު ކޮށްފައިވާ ބާ ނޫޓުތަކުގެ ބަދަލުގައި ޒަމާނަށް ފެތޭ، ނާ ނޫޓު ސީރީޒެއް މިނިވަން 50 އާ ގުޅުވައިގެން ރަންދިހަ ފަހެއް" ގެ ނަން ތައާރަފު ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓު ސީރީޒް ވެސް ޗާޕު ކޮށްފައި ވަނީ ދިވެހި ރުފިޔާގެ ނޫޓުތައް 1947 ވަނަ އަހަރުން ފެށިގެން ޕްރިންޓް ކުރާ އިނގިރޭސިވިލާތުގެ ޑިލާރޫ ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!