މި ދަނޑިވަޅުގައި ބިރެއް ނެތި މަސައްކަތް ކުރާ މިނިވަން މީޑިއާތައް ވަރަށް މުހިއްމު: ރައީސް
ކޮވިޑް19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެއްވެސް ބިރެއް ނެތި މަސައްކަކަތް ކުރާ މިނިވަން މީޑިއާތައް ވަރަށް މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ނުރައްކާތެރި ކޮވިޑް19 ފެތުރެމުން އަންނަ ވަގުތު ކަމަށާއި މި ދަނޑިވަޅުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުމުން މީހުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އަސަރު ކުރުވާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް ދެމި އޮންނާނެ." ރައީސް ވިދާޅުވިއެވެ.
#WorldPressFreedomDay greetings to all journalists. In crises such as COVID 19 when misinformation could negatively affect public wellbeing, a free media that functions without fear or favour is crucial. Which is why, my government remains committed to upholding media freedom.
— Ibrahim Mohamed Solih (@ibusolih) May 3, 2020
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ވަރަށް ފަހަތުގައެވެ. ހާއްސަކޮށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ އެތަކެއް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
ރާއްޖެ 2018 ވަނަ އަހަރު އޮތީ 120 ވަނައިގައެވެ. މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދާ ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 79 ވަނައިގައެވެ.