ޚަބަރު

މިއަދު ކޮވިޑް19 އަށް ފައްސިވީ 5 ދިވެހިންނާއި 3 ބިދޭސީން

ދެން އެމްވީ ، ދެން އޮންލައިން

މިއަދު މިހާތަނަށް ކޮވިޑް19 އަށް ފައްސިވެފައިވަނީ 5 ދިވެހިންނާއި 3 ބިދޭސީން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފިއެވެ. މިއަދު ފައްސިވި 8 މީހުނާއެކު ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 527 އަށް އަރާފައެވެ.

Ads by MWSC

މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ފައްސިވެފައިވަނީ ބަންގްލަދޭޝް މީހުނެވެ. އެގޮތުން ބަންގްލަދޭޝް ގެ 268 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި 183 ދިވެހިން ވެސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

އޭގެ އިތުރުން އިންޑިއާގެ 52 މީހެއްގެ އިތުރުން ލަންކާ، ނޭޕާލް އަދި ޕާކިސްތާނު، ކޮންމެ ގައުމަކުން 3 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، އެކަކު ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!