Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރެސިޕީ: ޕޮޓޭޓޯ ޕައި

ބޭނުންވާ ތަކެތި

2 ލޮނުމެދު (ގާނާފައި)

1 ދަޅުމަސް

Advertisement
Ooredoo — Square (box)

3 އަލުވި ( ފްރެންޗް ފްރައިސް ގޮތަށް ކޮށައި ތެލުލާފައި)

1 ފިޔާ (ބޮޑު)

2/1 އިންޗް އިނގުރު (ގާނާފައި)

ގިތެޔޮ މިރުސް

ހިކަނދިފަތް

1 2/1 ލުނބޯ

ލޮނު

2 ޓޮމާޓޯ ( ތުނިކޮށް ފޮތިކޮށްފައި)

6 ބިސް (ކުޑަ ލޮނުކޮޅެއްގެ ތެރޭގައި ގިރާފައި)

ތައްޔާރުކުރާނެގޮތް

ފިޔާ، މިރުސް، ލޮނުމެދު، އިނގުރު އަދި ހިކަނދިފަތް ކުޑަ ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތްޖަހައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.

ދެން، ތަވާ އުނދުންމަތީ އުދުމަށްފަހު ތެޔޮފޮދެއް އަޅައި، ތެޔޮފޮދު ހޫނުވުމުން އެކުލަވާފައި ހުރި ބިހުގެ އެއްބައި ތަވާއަށް އަޅާށެވެ. ދެން އުނދުން ނިއްވާލުމަށްފަހު، ތެލުލި އަލުވީގެ އެއްބައި ބިހުގެ މަތީގައި އެތުރުމަށްފަހު، އޭގެ މަތީގައި މޮޑުނު މަސްގަނޑު އަތުރައި މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު، ޕައިގެ މަށްޗަށް ދެން ބާކީހުރި އަލުވި އަތުރައި އޭގެމައްޗަށް ދެން ބާކީހުރި ބިސް އަޅާލުމަށްފަހު މަޑު ގިނީގައި ޕައިގެ ދެފުއްވެސް ފިހެލާށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް