ޚަބަރު

ޕްރެކްޓިސް ނޯންނަ ނަމަ އެލެވެންސް ދިނުމެއް ނޯވޭ: މަހްލޫފް

ދެން އެމްވީ ، ދެން އޮންލައިން

ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އެލެވެންސް، ޕްރެކްޓިސް ފެށުނުހާ އަވަހަށް ދޭނެ ކަމަށާއި ޕްރެކްޓިސް ނުކުރާ ނަމަ އެލަވެންސް ދިނުމެއް ނޯން ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެބޭފުޅުންނަށް ދެމުން ދަނީ އެލެވެންސްއެއް ކަމަށެވެ. އަދި މި އެލެވެންސް ޑިޕެންޑް ވެފައި އޮންނަނީ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކަށް ބަލައިގެން ކަމުގައި މަޙްލޫފް ވިދާޅޫވިއެވެ.

އެގޮތުން ޕްރެކްޓިސް އަށް ބަލާފައި ބައެއް ފަހަރު ކުޅުން ތެރިން ބަދަލު ވުމުގެ ފުރުޞަތު އޮންނަ ކަމުގައި މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ މިއީ ޚާއްސަ ހާލަތެއް ކަމަށާއި މިކަމުން އަރާގަނެވުމުން އެސޯސިއޭޝަން ތަކާއި މަޝްވަރާ ކުރުމަށްފަހު މިކަމުގައި އެއްވެސް ގޮތެއް ހެދެން އޮވެއްޖެނަމަ އެ ގޮތަކަށް ކުރިޔަށް ދާނެކަމަށެވެ.

މަހްލޫފް ވިދާޅުވީ މި ހާލަތުން އަރައިގެނެވުމުން އެލެވެންސް ދެވެން އޮވެއްޖެ ކަމަށްވާނަމަ ފަހުން ދޭނީ، އެކަމު އެއީ މި ވަގުތު ޖަވާބެއް ދޭން ވަރަށް އުނދަގޫ ސުވާލެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!