Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޔޫތް މިނިސްޓްރީން ކަދުރު ބެހީ ފަގީރުންނަށް އެކަނި: މަހްލޫފް

އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން ކަދުރު ބެހީ މާލެ ސަރަހައްދުގައި ތިބި އެންމެ ފަގީރުންނަށް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސައުދީން ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މީގެ ކުރިން ހުރިހާ އެންމެނަށް އިސްލާމިކް މިނިސްޓްރީން ބަހަ އެވެ. ނަމަވެސް މި ފަހަރު ކަދުރު ނުލިބުމުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ލިސްޓު ކޮށްފައިވާ 436 ގޭބިސީއަކަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން ފޯނުން ގުޅުނު ގެތަކަށް މިހާރު ކަދުރު ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

"އަޅުގަނޑުމެންނަށް ފޯނުން ފަރާތްތައް ނޫން ނަމަ އެހެން އެއްވެސް ސަބަބަކާ ހެދި އަޅުގަނޑުމެންނަށް ނުގުޅި ހުރި ބައެއް ވެއްޖިއްޔާ ހުރެދާނެ، އެހެން ހުރިހާ ގެތަކަށް އަޅުގަނޑުމެން ވާނީ ކަދުރު ފޯރުކޮށްދީފައި. އަދި މިކަމާ ބެހޭ ތަފްސީލް މައުލޫމާތު އަޅުގަނޑުމެން ވާނީ އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައި" މަހުލޫފް ވިދާޅުވިއެވެ.

ކަދުރުގެ ކަންކަމަކީ ހަގީގަތުގައި ޔޫތް މިނިސްޓްރީއާ ބެހޭ ކަމެއް ނޫން ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް އެ މިނިސްޓްރީން މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތުމުން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކަދުރު ބަހާނީ ހަމައެކަނި މާލޭގައި އުޅޭ މީހުންނަށް އެކަނި ނޫން ކަމަށާއި ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ފޮނުވުމުގެ މަސައްކަަތް ވެސް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް