ޚަބަރު

އިތުރު 14 މީހަކު ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 14 މީހަކުު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އިތުރު ބަޔަކު ފައްސިވެފައިވާކަން ހާމަ ކުރެއްވީ ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި 14 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 541 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި، 356 ބިދޭސީންނެވެ.

ރައީސް ވިދާޅުވީ މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ފެށި ފަހުން، މިހާތަނަށް އެހި އެންމެ ހިތްދަތި ޚަބަރަކީ، މި ބަލީގެ ޝިކާރައަކަށްވެ، ޢުމުރުން 83 އަހަރުގެ އަންހެން ބޭފުޅަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ހިތާމަވެރި ޚަބަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!