ޚަބަރު

މަޖީދީމަގު އެލް މޮބައިލް އިމާރާތުން ދުން އަރާތީ ފަޔަރ ޓީމު ހަރަކާތްތެރިވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޖީދީމަދު އެލް މޮބައިލް އިމާރާތުން ދުން އަރާތީ ފަޔަރ ޓީމު ހަރަކާތްތެރިވަމުން އެބަދެއެވެ.

Ads by MWSC

އެމްއެންޑީއެފް އިން ބުނީ އަލިފާން ނުފެންނަ ކަމަށާއި އެހެންކަމުން އިތުރަށް ބަލަމުން އަންނަ ކަމަށެެވެ.

އަލިފާން ރޯވީ ކުނިތަކެއްގައި ރޯވެގެން ކަމަށާއި، ދުންތައް މިހާރު ފެން ޖަހައިގެން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަލިފާން ރޯވެ ދުން އަރާފައިވަނީ މަޖީދީމަގުގައި ހުންނަ އެލް މޮބައިލްގެ "އެލް ޒޯން" ފިހާރައިގައެވެ.

ނަމަވެސް އެސަރަޙައްދުގައި ތިބި "ދެން" ގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނެފައިވަނީ ރޯވީ ބެޓަރީތަކެއްގައި ކަމަށެވެ.

އެތަނުގައި ވިހަ ދުމެއް ހުރި ކަމަށާއި، ރޯވެފައިވަނީ ހޮވަރބޯޑެއްގެ ބެޓަރީތަކެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!