ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަން ދައްކާލީ އެމްއެންޑީއެފް އިން ހެދި ވެންޓިލޭޓަރ އަކުން

ދެން އެމްވީ ، ދެން އޮންލައިން

ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއްް އެމް.އެން.ޑީ.އެފް އިން އުފައްދައި ދިވެހިންގެ އުފެއްދުންތެރިކަން ދައްކާލައިފިއެވެ. މި ވެންޓިލޭޓަރ އުފައްދާފައިވަނީ އެމް.އެން.ޑީ.އެފް ސަރވިސް ކޯޕްސް ގެ ސިގްނަލްސް އެވެ.

Ads by MWSC

މި ވެންޓިލޭޓަރު ދައްކާލާފައިވަނީ މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން ހަދާފައިވާ މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް ސިގްނަލްސް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ވަނީ 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

މި އެމަޖެންސީ ވެންޓިލޭޓަރަކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ވަނީ މި ވެންޓިލޭޓަރ މީސްމީޑިއާގައި ހިއްސާކުރައްވާ އެކަމުގައި ބައިވެރިވި ސިފައިންނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!