Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސަބްސިޑީއާއެކު ކަރަންޓު ބިލުތައް ކުޑަވެއްޖެ

ކަރަންޓު ބިލް ތަކަށް ސަރުކާރުން ދިން ސަބްސިޑީއާއެކު، ގޭބިސީތަކުގެ މި މަހުގެ ބިލް ކުޑަވެއްޖެ އެވެ. މި ސަބްސިޑީ އަކީ ކޮވިޑް19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ދިން ސަބްސިޑީ އެކެވެ.

އެގޮތުން ސަރުކާރުން ވަނީ މޭ މަހާއި ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓު ސަބްސިޑައިޒް ކޮށްދިނުމަށް ވައުދުވެފައެވެ.

ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދިން ނަމަވެސް ވިޔަފާރިތަކުގެ ބިލްތަކަށް މި ޑިސްކައުންޓެއް ދީފައެއް ނުވެ އެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ސްޓެލްކޯ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓު ބިލްގެ ރީޑިން ނަގަން ދިއުމުގެ ބަދަލުގައި ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވައިދިނުމަށް ވެސް އެދިފައެވެ. މި ފޮޓޯ ފޮނުވަން ހަމަޖެހިފައިވަނީ ސްޓެލްކޯ ގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށޭވެ.

ކަރަންޓު ބިލްތަކަށް އައި ހެޔޮ ބަދަލުގެ ވާހަކަ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިއްސާކޮށް ސަރުކާރަށް ޝުކުރު ދަންނަވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް