އިތުރު 4 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ހަތަރު މީހުންނާއެކު ރާއްޖޭގެ ޖުމްލަ އަދަދު މިހާރު 545 އަށް އަރާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިއަދު ފައްސިވި 14 މީހުންގެ ތެރެއިން 13 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުން ކަމަށެވެ. އަދި އެކަކު ގުޅިފައި ވަނީ ކޮން ކްލަސްޓާ އަކާއިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި 8344 މީހެއްގެ ނަތީޖާ ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 345 ސާމްޕަލެއް އެބައޮތް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އިތުރު ތަފްސީލު އަންނަނީ...
Ads by Allied Insurance