Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދީން

ޝައިޚް ފަހްދު އަލްކަންދަރީ ރޮއްވާލި އިންޓަވިއު: "ލޮލުގެ ފެނުން އިޢާދަ ވޭތޯ ދުވަހަކު ވެސް ﷲއަށް ނުދަންނަވަން"

ޝައިޚް ފަހްދު އަލްކަންދަރީ ރޮއްވާލި އިންޓަވިއު: "ލޮލުގެ ފެނުން އިޢާދަ ވޭތޯ ދުވަހަކު ވެސް ﷲއަށް ނުދަންނަވަން"
ކުވައިތުގެ އާދައިގެ އާއިލާއަކަށް އުފަން ޝައިޚް ފަހްދު އަލްކަންދަރީ އަކީ ދީނީ ދަޢުވަތު ފެތުރުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. އިމާމެއްގެ ވަޒީފާ އަދާ ކުރުމުގެ އިތުރުން ދީނީ ދަޢުވަތުގައި އެތައް ޕްރޮގްރާމްތަކެއް ޝައިޚް ކަންދަރީ ވަނީ ހިންގަވާފައެވެ. އެ ޕްރޮގްރާމްތަކުގެ ތެރެއިން ވެސް މިއީ ޝައިޚަށް ޚާއްޞަ ޕްރޮގްރާމެކެވެ. ނުވަތަ އިންޓަވިއު އެކެވެ. މީގެ ހަތް އަހަރުކުރިން މިއިންޓަވިއުގައި ޝައިޚް ވާހަކަ ދެއްކެވީ އުމުރުން ވަރަށް ޒުވާން މުޢާޒު ނަމަކަށް ކިޔުނު ލޯފަން ކުއްޖަކާއެވެ. މިސްރުގެ މިކުއްޖާ ޤުރުއާން ހިތުދަސްކުރި ގޮތުގެ ވާހަކަ އޭނާ ވަނީ ޝައިޚް އަލްކަންދަރީއާ ހިއްސާކޮށްފައެވެ. މުޢާޒަކީ އޭނާގެ ހިތުގައި ޤުރުއާނަށް ނުހަނު ބޮޑު ލޯތްބެއް އޮތް ކުއްޖެކެވެ. މުޢާޒު ބުނީ އުސްތާޛު ގާތަށް ދިޔުމަށް އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭ ކަމަށާއި ނަމަވެސް ބައެއް ދުވަސްދުވަހު އެންމެ އާޔަތެއް ކިޔަވައިދީފައިވާ ކަމަށެވެ. ހަމައެހެންމެ އުސްތާޛުގެ ބުރަ ޝެޑިއުލާއެކު އޭނާއަށް ކިޔަވަން ލިބޭ ދުވަސްތަކުގެ މަދުކަން ވެސް އެކުއްޖާ ފާހަގަކޮށްފައިވެއެވެ. އެގޮތުން ޤުރުއާނުގެ ފުރަތަމަ 15 ފޮތް ދަސްކުރިއިރު ހަފްތާއަކު ކިޔަވައިދެނީ އެންމެ ތިން ދުވަހު ކަމަށް މުޢާޒް ފާހަގަކުރިއެވެ. މި ވާހަކަތަކަށްފަހު ޝައިޚް އަލްކަންދަރީއާއި ޕްރޮގްރާމް ރެކޯޑް ކުރަންތިބި މީހުން ރޮއްވާލީ ލޯފަން ކުއްޖާގެ މި ވާހަކައިންނެވެ. "އަހަންނަށް ހުރިހާ ނިޢުމަތެއް ދެއްވި ﷲ ތަޢާލާއަށް ޙަމްދުކުރަން ، އަހަރެންގެ ފެނުން އަނބުރާ ދެއްވާތޯ ދުވަހަކު ވެސް އަހަރެން ﷲ ތަޢާލާއަށް ނުދަންނަވަން" މި ޖަވާބާއެކު ޝައިޚް އަލްކަންދަރީ އެއީ ކީއްވެތޯ ސުވާލުކުރިއެވެ. ''އެއީ ހިސާބު ބެއްލެވޭ ދުވަހު އެކަމުގެ ޙުއްޖަތެއްގެ ގޮތުން ވެސް ﷲ ތަޢާލާ އަހަންނަށް ލުއިކޮށްދެއްވާތޯ ،އަހަންނަށް ފުއްސަވައިދެއްވާތޯ ، (ލޯފަންވުމުގެ ސަބަބުން) އަހަންނަށް ސަޒާ ލުއިކޮށްދެއްވާތޯ ، އެދުވަހު ﷲ ތަޢާލާ ވަޙީ ކުރައްވާނެ ، ޤުރުއާނާއި މެދު އަހަރެން ޢަމަލު ކުރީ ކިހިނެއްތޯ ، އެވަގުތު އެއިލާހު މިއަޅާއާއި މެދު ރަޙުމްވެ ވޮޑިގެންވޭތޯ ، ﷲރުހި ވޮޑިގަންނަވާ އަޅުންނަށް ﷲ އެދުވަހު ރަޙުމްވެ ވޮޑިގަންނަވާނެ'' މިއީ ހިސާބު ބެއްލެވޭ ދުވަހާއި މެދު ލޯފަން ކުއްޖެއް ބިރުވެތިވާ މިންވަރެވެ. އަހަރެމެން ގަދަވެ ސަލާމަތުން ތިބި މީހުން އެދުވަހު ދައްކަން އޮތް ޙުއްޖަތަކީ ކޮބައިތޯއެވެ. ޤުރުއާނާއި މެދު އަހަރެމެން ޢަމަލު ކުރި ގޮތާމެދު ކުރެވޭ ސުވާލަށް ދޭނީ ކޮން ޖަވާބެއްތޯއެވެ. https://youtu.be/pcxGFUYdqmg

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް