ކައިވެންޏަށް ގަތް ހެދުން ހަޑިވެގެން ފިހާރައަށް މެއިލް ކޮށްފަ އެއްޗެހިކީއިރު، ހެދުން ލައިގެން ހުރީ ނުބައި ފުށުށް!

އެމެރިކާގެ ކެންޓަކީ އަންހެނަކު އޭނަގެ ކައިވެންޏަށް، އޮންލައިންކޮށް އޯޑަރު ކޮށްގެން ގެނައި ހެދުމެއް ޓެސްޓުކުރަން ލާފައި ހަޑިވެގެން އެފިހާރައަށް މެއިލްކޮށް އެއްޗެހި ކިޔައިފިއެވެ.
އޯބްރޭ ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ އެއަންހެންމީހާ ވަރަށް ރުޅި އައިސްގެން އެފިހާރައަށް މެއިލް ކޮށްފައި ބުނީ އޭނާއަށް ފޮޓޯއިން އެހެދުން ފެނުނު ގޮތާއި މުޅިން ތަފާތު ކަމަށާއި، ލާފައި ހުންނައިރު ވެސް ވަރަށް ހަޑި ކަމަށެވެ.
އޭނާ ވަނީ އެހެދުން ލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް އެފިހާރައަށް ފޮނުވި މެއިލް އާއެކު އެޓޭޗް ކޮށްފައެވެ.
އޭގެ ޖެހިގެން އައި ދުވަހު އޯބްރޭ އަށް އެފިހާރައިގެ ފަރާތުން ލިބުނު ޖަވާބުން އޭނާ ވަރަށް ބޮޑަށް ލަދުގަތެވެ.
"ހެދުން ލައިގެން ތިހުރީ ފަތިފުށް ބޭރުފުށަށް. ހެދުން ރަނގަޅު ފުށަށްލުމަށް ވަރަށް ބޮޑަށް އެދެން" ފިހާރައިން ބުނެފައި ވެއެވެ.
އޯބެރޭ މިވަރުން ވެސް ގޮތް ދުލެއް ނުކުރިއެވެ. އެވަރުން ވެސް ކުށް ވެރިވީ އެފިހާރައިގެ މީހުންނެވެ. އޭނާ ބުނެފައި ވަނީ، ހެދުމެއް ފޮނުވާއިރު ނުބައި ފުށަށް ޖަހާފައި ފޮނުވާނެކަމަށް އެކަކުވެސް ހިއެއް ނުކުރާނެ ކަމަށެވެ.
ނަމަވެސް ފަހުން މިކަމާއިމެދު އަމިއްލައަށް ވެސް މަޖާވެފައި އޯބްރޭ ބުނީ، ކިތަންމެ ރަނގަޅަށް ކިޔަވައިގެން ތިބޭ ބަޔަކަށް ވެސް ހެދުން ލާންވީ ރަނގަޅު ގޮތް ހަނދާން ނެތިދާނެ ކަމަށެވެ.