ޚަބަރު

ކޮންމެ ޚިތާބެއްގައިވެސް ރައީސް ވިދާޅުވަނީ އެއް ވާހަކަތަކެއް: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ ހިތާބެއްގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ އެއް ވާހަކަތަކެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރައީސް ވަނީ މިއަދު ގައުމާ މުހާތަބު ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 އިން ރާއްޖެ އަރައިގަތުމަށް މިހާރު ސަރުކާރުން ކުރަމުން އަންްނަ ބައެއް މަސައްކަތްތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ހުށަހެޅުންތަކާއި އުންމީދުތަކެއް ކަމަށާއި ނަމަވެސް ރައީސް ދެއްވާ ހިތާބުތަކުން އެ ކަންކަމުގެ އަޑެއް ނީވޭ ކަމަށެވެ.

"600 މިލިއަން ހުސްވެގެންދިޔައިރު މޫސުމީކޮށް ރައްޔިތުންނަށް ފެނިލެއްވުމަކީ ނާޤާބިލްކަމުގެ އިންތިހާ" ޖަމީލު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައީސް މިއަދު ދެއްވި ހިތާބުގައި ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މާލޭގެ ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމާއި، އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް އެ ދެ ހަފްތާގައި އިތުރަށް ފަރުވާތެރިވާން އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!