ޚަބަރު

އިތުރު 10 މީހުން ކޮވިޑް އަށް ފައްސިވެއްޖެ، ފައްސިވި މީހުންގެ އަދަު 551 އަށް

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ފައްސިވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. ފައްސިވެފައިވަނީ 5 ދިވެހިންނާއި 5 ބިދޭސީންނެވެ.

Ads by MWSC

އެއާއެކު ފާއިތުވި 24 ގަޑިއިރު ތެރޭގައި ފައްސިވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ. އަދި ރާއްޖެއިން ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 551 އަށް އަރާފައެވެ.

އިއްޔެ ފުރަތަމަ ވައިރަހަށް ފައްސިވި 14 މީހުނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ބައެކެވެ. އަނެއް މީހަކީ އާ ކްލަސްޓާއެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 551 މީހުންގެ ތެރެއިން 191 މީހުންނަކީ ދިވެހިންނެވެ. އަދި 359 މީހުންނަކީ ބިދޭސީންނެވެ. މި މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު މީހުން ހިމެނެއެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ޖެހުނު އެކަކު ނިޔާވެފައިވާއިރު 18 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!