ސިންގަޕޫރުގެ ބިލިއަނަރު އޮންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި
ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ހަދިޔާކުރި 15 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު މި ވެންޓިލޭޓަރުތަކުގެ އިތުރުން 150،000 މާސްކު ވެސް ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެތަކެތި ރާއްޖެ އަންނާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވިއެވެ.
Very grateful to Mr. Ong Beng Seng, Hotel Properties Ltd. for the generous donation of 15 Ventilators that arrived in #Maldives today & 150,000 face masks that will arrive on 13 May. Your generosity towards the Maldivian people at this hour of great need will not be forgotten.
— Abdulla Shahid (@abdulla_shahid) May 4, 2020
މީގެއިތުރުން ސިންގަޕޫރުގެ އިތުރު ކުންފުންޏަކުން ރާއްޖެއަށް 5000 ޓެސްޓު ކިޓު ހަދިޔާ ކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.