ކޮވިޑް ޖެހުނު ބިދޭސީއަކު އައިޖީއެމްއެޗް އައިސީޔޫގައި، ހާލު ކްރިޓިކަލް
އެޗްޕީއޭއިން ބުނެފައިވަނީ ޓޮނިކް ކްލޮނިކް ސީޒާއެއްގެ ސަބަބުން ބަގްލަދޭޝްއަށް ނިސްބަތްވާ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އަދި މިމިހާލު ހާލު ކްރިޓިކަލް ކަމަށެވެ. މިމީހާ ކޮވިޑް19 އަށް ފައްސިވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
A Bangladeshi national transferred to IGMH after a tonic-clonic seizure is in critical condition.
The patient has also tested positive for #COVID19
— Health Protection Agency (@HPA_MV) May 4, 2020
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ޖުމްލަ 551 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 191 ދިވެއްސަކާއި 360 ބިދޭސީއެކެވެ.
މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން ރާއްޖޭގައި ބަންގްލަދޭޝްގެ 282 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.