ޚަބަރު

އިތުރު 5 ދިވެހިންނާއި ބިދޭސީއަކު ކޮވިޑް19 އަށް ފައްސިވެއްޖެ

އިތުރު 5 ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތަކާއެކު ޖުމްލަ 6 މީހުން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. އެއާއެކު ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 557 އަށް އަރާފައެވެ.

އެޗްޕިއޭ އިން މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ކުރި ޓްވީޓެއްގައެވެ.

އިއްޔެ ވެސް ވައިރަހަށް 24 މީހަކު ފައްސިވެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 557 މީހުންގެ ތެރެއިން 196 މީހުންނަކީ ދިވެހިންނެވެ. އަދި 361 މީހުންނަކީ ބިދޭސީންނެވެ. މި މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނު މީހުން ހިމެނެއެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ޖެހުނު އެކަކު ނިޔާވެފައިވާއިރު 18 މީހަކަށް ވަނީ ޝިފާ ލިބިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!