މިކޯރު ރަތްކުލައަށް ބަދަލުވިގޮތް އެނގިއްޖިއްޔާ ހައިރާން ވާނެ
ރަޝިޔާގައި ހުންނަ މި ފެންގަނޑު ކުއްލިގޮތަކަށް ރަތްކުލައަށް ބަދަލުވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ސޯޝަލް މީޑިއާގައި ވަނީ މި ކޯރުގެ އެކި ފޮޓޯތައް ދައުރުވާން ފަށާފައެވެ.
ބޭރުގެ މީޑީއާތަކުން މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަސްދޫނި ވެސް މި ކޯރަށް އެރެން ޖެހިލުންވާ ކަން ފާހަގަ ވާކަމަށާއި، ބެލެވޭ ގޮތުގައި މިއީ ފެންހިންދާ ނިޒާމުގެ ސިސްޓަމަށް އަޅާފައިވާ ކެމިކަލްއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެކަން ކުރި ބަޔަކު ހޯދާ އެމީހުން ފުލުހުންގެ ސަމާލުކަމަށް ގެންނާނެ ކަމަށް ރަޝިޔާގެ އެ އަވަށުގެ ޑެޕިއުޓީ ގަވަރުނަރު ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅިގެން ގިނަބަޔަކު އަންނަނީ ޓުވިޓާގައި ވެސް ފޮޓޯ ހިއްސާ ކުރަމުންނެވެ.
މިކޯރު ރަތް ކުލައަށް ބަދަލުވާން ދިމާވި ސީދާ ސަބަބު ނޭނގުނު ނަމަވެސް މިހާރު އެ މައްސަލަ ރަޝިޔާގެ ފުލުހުން ބަލަމުންދާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. އަދ މި ފެންގަނޑުގައި ފެތުރިފައިވާ ކެމިކަލް ތަކަކީ ވިހަގަދަ ކެމިކަލް ތޯ ވެސް ބެލެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ރަޝިޔާގެ އެއަވަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.