ކޮވިޑް19 ޖެހުނު ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ
ރޭ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރި އަދި ފަހުން ހެދި ޓެސްޓްތަކުން ކޮވިޑް-19 އަށް ފައްސިވި ބަނގްލަދޭޝް މީހާ ނިޔާވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށް ވާ ސަން.އެމްވީ އިން ވަނީ މިކަން އެ ނޫހަށް ކަށަވަރުވެފައިވާ ކަން ހާމަކޮށްފައެވެ.
ނަމަވެސް ސަރުކާރުން އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން ރޭ ހާމަކޮށްފައިވާ ގޮތުގައި ޓޮނިކް ކްލޮނިކް ސީޒާ ނުވަތަ ފިޓް ޖެހުމުގެ ސަބަބުން ބަނގްލަދޭޝް މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އަދި މިމީހާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި މިމީހާ ކޮވިޑް19 އަށް ފައްސިވެފައިވާ ކަން ވެސް އެޗްޕީއޭ އިން ރޭ ހާމަކުރިއެވެ.
Ads by Allied Insurance