ދީން

މާލޭގެ ފިހާރައަކުން ވިއްކި ލޮލީޕޮޕެއްގެ ދަނޑިކޮޅުގައި ބިސްމި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ފިހާރައަކުން މީހަކު ގަތް ލޮލީޕޮޕެެއްގެ ދަނޑިކޮޅުގައި بسم الله الرحمن الرحيم ލިޔެފައި ހުއްޓާ ފެނިއްޖެއެވެ.

Ads by STELCO

މިކަން އެންމެންގެ ސަމާލުކަމަށް ގެނެސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ އިމާމް، އަދި "އެހީ" ޖަމިއްޔާގެ ކޯ-ފައުންޑަރ މުޙައްމަދު އަފްޒަލް އެވެ.

އެދަޑިކޮޅުގެ ދެ ފޮޓޯއާއެކު ފޭސްބުކްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއީ މާލޭގައި ހުރި ފިހާރައަކުން ގަތް ލޮލީޕޮޕެއްގެ ދަނޑިކޮޅެއް ކަމަށެވެ.

"ކުދިން ލޮލީޕޮޕް ކައިފައި އެނގުމަކާއި ނުލާ މިދަނޑިކޮޅު މަގުތަށް މައްޗަށް އުކުމަކީ އެކަށީގެންވާ ކަމެއް. ނުވަތަ ޑަސްބިނަށް ވެސް އެއްލާލުމަކީ އެކަށީގެންވާ ކަމެކެވެ. ސަމާލުވުން މުހިންމެވެ." އިމާމް އަފްޒަލް ވިދާޅުވިއެވެ.

ޢަރަބި އަކުރުތަކާއި بسم الله الرحمن الرحيم ލިޔެފައި ހުންނަ ކަރުދާހާއި ތަކެތި މަގުމައްޗަށް، ނުވަތަ ކުނީގެ ގޮތުގައި ވެސް އުކާލާކަށް ނުވާނެއެވެ. އެތަކެތި ބެހެއްޓެން ނެތްނަމަ އެންމެ ރަނގަޅު ގޮތްތަކަކީ ކަނޑުފެއްތުން ނުވަތަ، ކުދިކުދިކޮށް ކޮށާލުން ނުވަތަ އަންދާލުން ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

Ads by HDC
  1. މުހައްމަދު

    ތިހާ މުހިންމު ކަމަކަށްވާއިރު ތި ގަތް ފިހާރަ ނުވަތަ އެ ލޮލީ ޕޮޕް ގެ ބްރޭންޑް ބުނެ ނުދިނީ ކީއްވެބާ؟

  2. އަރަބި

    އަރަބި އަކުރުން ލިޔެފަ ހުންނަ ހުރިހާ އެއްޗެއް ނޫން. ޤުރުއާނާއި الله ގެ އިސްމުފުޅު ފަދަ ތަކެތި އެކަނި.