ޚަބަރު

ލޮކްޑައުންއާ ހިލާފުވި މީހުންގެ ޖޫރިމަނާގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދައާ ނުލައި ބޭރުގައި އުޅުނު މީހުން ޖޫރިމަނާ ކޮށްގެން ދައުލަތަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

Ads by Hajj Corporation

ފުލުހުން މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ.

ފުލުހުން އާންމުކުރި އަދަދުތަކުގައި ވާގޮތުން ރެއާ ހަމައަށް ޖުމްލަ 2312 މީހަކު ވަނީ ލޮކްޑައުންއާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި އެއިން ކޮންމެ މީހަކު 1000 ރުފިޔާ ދައްކައިފިނަމަ، މިހާތަނަށް ދައުލަތަށް 2،3120،00 ރުފިޔާ ލިބިފައިވެއެވެ.

ފުލުހުން ބުނީ ޖޫރިމަނާ ކުރި މީހުންގެ ތެރެއިން 1965 މީހުން ޖޫރިމަނާ ކޮށްފައި ވަނީ މާލެއިން ކަމަށާއި ހުޅުމާލެއިން 290 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ވިލިމާލެއިން 57 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ލޮކްޑައުންއާ ގުޅިގެން 137 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 129 މީހަކު ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށެވެ. އަދި ހުޅުމާލެއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!