ޚަބަރު

ފިޓް ޖެހުނު ބިދޭސީ މީހާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަކަށް ނުބެލެވޭ: ޑޮކްޓަރުން

ދެން އެމްވީ ، ދެން އޮންލައިން

ފިޓް ޖެހުނު ބިދޭސީ މީހާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަކަށް ނުބެލެވޭ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

Ads by Sosun Fihaara

އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވި ބަންގްލަދޭޝްގެ މިމީހައަކީ އުމުރުން 33 އަހަރުގެ މީހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްގެ ޑޮކްޓަރު ޑރ. މުޙައްމަދު ފައިޝަމް ވިދާޅުވީ މިމީހާއަކީ ކޮވިޑް-19 ފައްސި ނަމަވެސް އޭނާ މަރުވެފައިވަނީ އެހެން މައްސަލަތަކެއް ދިމާވެގެންކަމަށެވެ.

އެގޮތުން ސެނެހިޔާއިން އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޚާލު ސީރިއަސްކަމަށާއި ފިޓް ޖެހިގެން ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން ފަރުވާދެމުންދިޔައީ ވެންޓިލެޓަރުގައިކަމަށް ވެސް ޑރ. ފައިޝަމް ވިދާޅުވިއެވެ.

އޭނާ ނިޔާވެފައިވަނީ ކޮވިޑް-19 އަށް ވުރެ ބޮޑަށް ސިއްޙީ އެހެން މައްސަލަތަކެއް ދިމާވެގެންކަން މިހާތަނަށް ބެލިލުމުން އެގިފައިވާކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. ޑޮކްޓަރު ވިދާޅުވިގޮތުގައި އޭނާ މަރުވީ ލޭގެ ޕްރެޝަރު ބޮޑުވުން ނުވަތަ ޓިއުމަރެއް ހުރުމުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންކަމަށް ބެލެވޭ ކަމަށެވެ.

މިމީހާ މަރުވުމާގުޅިގެން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އޭނާގެ ޢާއިލާއަށް އެކަން ވަނީ އަންގާފައިވާކަމަށާ، ރާއްޖޭގައި ކޮވިޑް-19އާ ގުޅިގެން ހެދިފައިވާ އެސްއޯޕީތަކާއި އެއްގޮތަށް ރާއްޖޭގައި އެމީހާ ވަޅުލުމަށް ހަމަޖެހިފައިވާކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!