ޚަބަރު

"އަހަރެން ލަވަކިޔުން ހުއްޓާލީ ކީއްވެ؟": އިޝާންގެ ހާއްސަ އިންޓަވިއުއެއް އަލީ ރަމީޒްއާ އެކު

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލި ސަބަބުން ކިޔައިދޭ އިންޓަވިއުއެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަހަރެން ލަވަކިޔުން ހުއްޓާލީ ކީއްވެ؟"ގެ ނަމުގައި އިޝާންގެ ހާއްސަ އިންޓަވިއުއެއްގެ އަލީ ރަމީޒުގެ ޔޫޓިއުބް ޗެނަލްގައި ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށެވެ.

އިޝާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއުޒިކް ކުޅޭ އަޑު އެހުން އެއީ ﷲ އާ ތިބާ އާ އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް އިޝާން ވަނީ ބުނެފައެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު" އިޝާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިޝާންގެ ޕޯސްޓު ޝެއާ ކުރައްވަމުން އަލީ ރަމީޒު ވިދާޅުވީ އިޝާން ލަވަ ކިޔުން ހުއްޓާލި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" އަލީ ރަމީޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!