މަޑިފުށީގައި ރުކަކުން ވެއްޓި ދިވެއްސަކު ނިޔާ ވެއްޖެ
ތ. މަޑިފުށީގައި ރުކަކުން ވެއްޓި ދިވެއްސަކު ނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ ރުކުން ވެއްޓިފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދުގެ 14:00 ހާއިރު ކަމަށެވެ.
މަޑިފުށި ހެލްތު ސެންޓަރަށް އެނާ ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
Ads by STO