ޚަބަރު

މިޔުޒިކް ކުޅެނީ މީހުންގެ އަތްޖެހުމަށް ، މީހުން އުފާކޮށްދޭން ، ނަމަވެސް ޝޯވ ނިންމުމަށްފަހު ހިތަށް ނުތަނަވަސްކަން ލިބޭ

ދެން އެމްވީ ، ދެން އޮންލައިން

މިޔުޒިކް ކުޅުމަކީ މީހުންގެ އަތް ޖެހުމަށް މީހުން އުފާކޮށްދޭން ކުރާ ކަމެއް ނަމަވެސް ޝޯވ ނިމުމަށްފަހު ހިތް ނުތަނަވަސް ކަމެއް އަންނަ ކަމަށް މިޔުޒިކާއި ދުރުވިކަން މިއަދު އިއުލާން ކުރި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ތިންވަނަ އަދި ވަރަށް ގިނަ ބައެއްގެ ތާއީދު އޮންނަ މުޙައްމަދު އިޝާން ބުނެފިއެވެ.

Ads by Sosun Fihaara

އިޝާން މިޔުޒިކާއި ދުރުވުމާއި ގުޅިގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ ހޭލުންތެރިކަން ފެތުރުމުގައި މިހާރު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޢަލީ ރަމީޒު ކުރި އިންޓަވިއުއެއްގައި އިޝާން ބުނީ ކުރިން ނަމާދު ކުރަމުން ދިޔަކަމުގައި ވިޔަސް މިޔުޒިކުގައި ބުރަކޮށް މަސައްކަތް ކުރަމުންދިޔައިރު ނަމާދާއި ވަރަށް ބޮޑަށް ދުރުވި ކަމަށެވެ.

''އޭރު ރިސޯޓެއްގެ އިންހައުސް ބޭންޑަކަށް އިޝާންމެން އުޅުނީ ، ރޯދަ މަހު ހެނދުނު ހޭލައިގެން ރޯދަ ވީއްލަންދެން ވަރަށް އުފާވެރި މޫޑެއްގައި ހުންނަނީ ، އެކަމަކު ރޭގަނޑު ޝޯވ ނިންމާލާފަ އެބައާދޭ ހިތް ނުތަނަވަސްކަމެއް ، ދެން ފާހަގަ ކުރެވުނީ މިޔުޒިކުންކަން ހިތް ނުތަނަވަސްވަނީ" އިޝާން ބުންޏެވެ.

އޭނާ ބުނީ އެހިސާބުން ފެށިގެން ދީނީ ކަންކަން ދަސްކުރަން ފެށި ކަމަށާއި ދުނިޔެއަކީ ބޭނުންހާ ގޮތަކަށް އުޅެފަ ދާން އޮތް ތަނެއް ނޫންކަން ވިސްނުނު ކަމަށެވެ.

މިޔުޒިކަކީ ފުރާނައިގެ ކާނާ ކަމަށް މީހުން ބުނާ ބުނުމާއި ގުޅިގެން އިޝާން ބުނީ އެހެން ބުނަނީ ހަޤީޤީ ހިތްހަމަ ޖެހުން ތަޖުރިބާ ނުކުރެވޭތީ ކަމަށާއި ޙަޤީޤީ ހިތްހަމަ ޖެހުން ތަޖުރިބާ ކުރެވިއްޖެނަމަ މިޔުޒިކަކީ ވަރަށް ބޮޑު ހިތް ނުތަނަވަސްކަމަކަށް ވެދާނެ ކަމަށެވެ.

އިޝާން ބުނީ މިޔުޒިކަކީ މީހުންގެ އަތްޖެހުމަށް ނުވަތަ މީހުން އުފާކޮށްދޭން ކުރާ ކަމެއް ނަމަވެސް އެކަންކަމާއި ދުރުވެ ރަނގަޅު ގޮތުގައި ޙަޔާތް ހޭދަ ކުރުމުން މާބޮޑު މަޝްހޫރު ކަމަކާއި މާބޮޑު އުފާވެރިކަން އާޚިރަތުގައި ލިބޭނެ ކަމަށެވެ.

މިޔުޒިކް ކުޅޭ ބައެއް މީހުން އެކަމާއި ދުރުވެފައި އަލުން މިޔުޒިކް ކުޅެން ފަށާތީ އެކަމާއި ގުޅިގެން އިޝާންގެ ޚިޔާލަކީ ކޮބައިތޯ ޢަލީ ސުވާލު ކުރުމުން އިޝާން ބުނީ ފާފައިން ދުރުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

" ހަމައެކަނި މިޔުޒިކެއް ނޫން ، ފާފަތަކަށް މީހާ ހިތް އެދޭނެ ، މިސާލަކަށް ދޮގު ހަދާ މީހާ ދޮގު ހެދުން ހުއްޓާލެވޭނީ އެހާ އުނދަގުލުން ، މިޔުޒިކް ވެސް ހަމަ އެގޮތަށް ، އެކަން ކުރާ ހިތްވާ މީހާ ވެސް އެކަމަށް އޮންނަ ހިތް އޮންނާނެ ، އެކަން ޖެހޭނީ ހުއްޓާލަން ، އެއީ އިމްތިހާނަކީ ، ކުރާ ހިތްވާ ހިތް އޮތަސް ﷲ އަށް ޓަކައި އެކަމަށް (ފާފައަށް) ނަފްރަތު ވާން ޖެހޭނީ ' އިޝާން ބުނެފައިވެއެވެ.

އިޝާން ބުނީ މިޔުޒިކް ކުޅުނީ އެކަމަކީ ގޯސްކަމެއް ކަން ނޭނގި ނޫން ކަމަށާއި ނަމަވެސް ޣާފިލްވެ ހަނދާން ނެތުނީ ކަމަށެވެ. މިކަމާއި ގުޅިގެން ޢަލީ ބުނީ މިޔުޒިކް ކުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ގާތުގައި ވެސް މިޔުޒިކް ކުޅޭ ބައެއް މީހުން ބުނެފައިވާ ކަމަށާއި އަދި ދުރުނުވެވެނީ ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

މިޔުޒިކު ކުޅޭ ފަރާތްތަކަށް ދިން މެސެޖެއްގެ ގޮތުގައި އިޝާން ބުނީ މިޔުޒިކް ކުޅުން ހުއްޓާލަން ބޭނުންވާ ނަމަ މިޔުޒިކް ގައި ކާމިޔާބު ހޯދަން މަސައްކަތް ކުރި ވަރަށް މިޔުޒިކާއި ދުރުވާން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!