ޚަބަރު

ބުޅަލަށް ކާންދިނުމުގައި ފުލުހުން، އޮހެމުންދަނީ ތައުރީފުގެ ބަސްތައް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. ލޮކްޑައުންގެ ސަބަބު ގޭގައި ތިބެން ޖެހުމުން އެތައް ބައެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތޮއްޖެހިފައިވާ މާލެ ބަންދު ކުރުމުން އާއްމުންނަށް ދަތިތަކާއި ކުުރިމަތި ލާން ޖެހުނު އިރު މަގުމަތީގައި ދިރިއުޅޭ ބައެއް ޖަަނަވާރުންނަށް ވެސް އޭގެ އަސަރުވަނީ ކޮށްފައެވެ.

Ads by MWSC

މި ދަތިތަކުން އަރައިގަތުމަށްޓަކައި ދިވެހިން ފުލުހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. ފުލުހުން މި ވަނީ އަނެއްކާ ވެސް އިންސާނިއްޔަތު ރީތި މިސާލެއް ދައްކައި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ދިރިއުޅޭ ބުޅާތަކަށް ފުލުހުން ކާންދިން މަންޒަރު ފުލުހުންގެ މީސް މީޑިއާގައި ހިއްސާކޮށްފައިވާއިރު މި ބަލިމަޑުކަމުގެ ދުވަސްވަރުގައި ވެސް ބައެއް ފުލުހުން މަގުމަތީގައި ދިރިއުޅޭ ބަނޑުހައިވެފައި ތިބި ބުޅާތައް މަތިން ހަނދާން ނުނެތޭ ކަމަށް ލިޔެފައިވެއެވެ.

މި ފޮޓޯ އާއެކު ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން ވެސް ފުލުހުން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކޮށް، ޖުމްހޫރީ މައިދާނުގައި ދިރިއުޅޭ ކޮތަރުތަކަށް ކާންދިނުމާއެކު ގިނަ ބައެއްގެ ތައުރީފް ފުލުހުންނަށް އަމާޒުވެގެންދިޔައެވެ.

މީގެ އިތުރުންވެސް ކޮވިޑް19 ގެ އެހެން ކަންކަމުގައި ވެސް ދިވެހި ފުލުހުން ފުރާނަ ނުރައްކަލަށް ހުރަހޮޅިގެން ކުރަމުންގެންދާ އެހެނިހެން މަސައްކަތްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހި ފުލުހުންވަމުންދާ ގުރުބާނީ އަކީ ދުވަހަކު ވެސް އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!