ޚަބަރު

ކޮވިޑް-19: އިތުރު މީހަކު ހާލު ދެރަވެ، ވެންޓިލޭޓަރަށް ލައިފި

ދެން އެމްވީ ، ދެން އޮންލައިން

ފައްސިވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުންގެ ތެރެއިން އިތުރު މީހަކު ހާލު ދެރަވެ، ވެންޓިލޭޓަރަށް ލައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އައިސީޔޫގައި ހަ މީހަކަށް ފަރުވާ ދެމުންދާއިރު އެންމެފަހުން ވެންޓިލޭޓަރަށް ލާފައިވަނީ 75 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މީގެކުރިން ވަނީ 88 އަހަރުގެ ފިރިހެނަކު ވެސް ވެންޓިލޭޓަރަށް ލާފައެވެ.

މީގެ ޑީއެޗް11ގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރެއިން އިތުރުން ދެ މީހަކު އޮތީ އޮކްސިޖަންގައި ކަމަށާއި ދެން ތިބި މީހުންގެ ހާލު ސްޓޭބަލް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސި ވަނީ 573 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!