ޚަބަރު

ހަވަނައަށް ރާއްޖޭގެ އެންމެ މަޤުބޫލް އޮންލައިންއަކަށް ''ދެން''

ދެން އެމްވީ ، ދެން އޮންލައިން

ވެބްސައިޓްތައް ރޭންކް ކުރާ ސައިޓެއް ކަމަށްވާ ސިމިލަރވެބްގެ ރެކޯޑްތަކަށް ބަލާއިރު ހަވަނައަށް ރާއްޖޭގެ އެންމެ މަޤުބޫލް އޮންލައިން ނޫހަކަށް ''ދެން'' ވެއްޖެއެވެ.

Ads by STELCO

ސިމިލަރވެބްގެ ރެކޯޑްސްތަކަށް ބަލާއިރު ރާއްޖޭގެ އެއްވަނަ އޮންލައިންއަކީ މި މަޤާމު ދަމަހައްޓަމުންދާތާ އެތައް މަހެއްވީ ''ވަގުތު'' ނޫހެވެ. ދެވަނައަށް ''މިހާރު'' އަދި ތިންވަނަ މަޤާމު ''ސަން'' ހާސިލް ކޮށްފައިވާއިރު ހަތަރުވަނަ އަކީ ''އަވަސް''އެވެ. ފަސްވަނަ ނޫހަކީ ރާއްޖެ ޓީވީގެ އޮންލައިން ''ރާއްޖެއެމްވީ''އެވެ.

މިއަހަރުގެ ޖެނުއަރީ 15 ގައި ފެށި ''ދެން'' ނޫހުގެ މަރޗް މަހުގެ ރޭންކާއި އަޅާ ބަލާއިރު 36 ދަރަޖައިގެ ކުރިއެރުމެއް ''ދެން'' އަށް ވަނީ ލިބިފައެވެ.''ދެން''ގެ އަމާޒަކީ ކިޔުންތެރިން ނޫހަށް ދެމުންގެންދާ ތަރުހީބު ހިފެހެއްޓުމާއެކު ރާއްޖޭގައި އޮތް މަޤުބޫލް ނޫސްތަކުގެ ތެރޭގައި މި ނޫސް ހިމެނުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!