ޚަބަރު

މިހާތަނަށް 9.6 މިލިިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވޭ: ކަސްޓަމްސް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީގެ ތެރެއިން 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

Ads by STELCO

އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް19 އާއި ގުޅިގެން ރާއްޖެ އެތެރެކުރާ ބައެއް ތަކެތީގެ ޑިއުޓީ ވަނީ މައާފުކޮށްދީފައެވެ.

އެގޮތުން ރާއްޖެއަށް އެތެރެކުއާ ފޭސްމާސްކާއި، ޑިސްއިންފެކްޓެންޓް، އަންގި، ސެނިޓައިޒާ، ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ ވަނީ ޑިއުޓީ ކަނޑާލައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ ތަކެތީގެ އިތުރުންވެސް، މި ހާލަތާ ގުޅިގެން އިތުރު ބައެއް ތަކެތިން ނަގާ ޑިއުޓީ މައާފު ކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ރާއްޖެ އެތެރެކުރި ފޭސްމާސްކުން 3.4 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވާއިރު، އަތްދޮންނަން ބޭނުންކުރާ ސެނިޓައިޒާ ފަދަ ތަކެތިން 1.2 މިލިއަން ރުފިޔާ، އަދި ޕްރޮޓެކްތިވް އިކުއިޕްމެންޓުން 4.9 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްދީފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގިނަ ބާވަތްތަކެއް އެތެރެކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް 4.7 މިލިއަން ފޭސް މާސްކް އެތެރެކުރެވިފައި ވާއިރު، 248 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓް ކުރާ ސާމާނު އެތެރެކޮށްފައިވާ ކަމަށެވެ. އަދި 59 ޓަނުގެ އަތް ދޮންނަ ސާމާނާއި އެހެނިހެން ސާމާނު އެތެރެކުރެވިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!