ޚަބަރު

އިތުރު 44 މީހަކު ފައްސިވެ، ކޮވިޑް ޖެހުނު މީހުންގެ އަދަދު 618 އަށް

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 44 މީހަކު ފައްސިވެ، ކޮވިޑް ޖެހުނު މީހުންގެ އަދަދު 618 އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދުގެ 16:30 އާ ހަމައަށް އިތުރު 44 މީހަކު ފައްސިވެފައިވާ ކަމަށެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި 8 ދިވެހިންނާއި ދެ އިންޑިއާ ރައްޔިތުން ކަމަށް އެޗޗްޕީއޭއިން ބުނެއެވެ.

މި 44 ކޭސްއާ އެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 618 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 213 ދިވެހިންނާއި، 405 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!