ވިހޭއިރު ބޯ ގުޅިފައި ތިބި ދެކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަނެއް ކާމިޔާބު ވެއްޖެ

ވިހޭއިރު ބޯ ގުޅިފައި ތިބި ދެކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަނެއް ކާމިޔާބު ވެއްޖެއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައެވެ.

އޮޕަރޭޝަން ކުރުމަށް ބައިވެރިވި ނަރުހުންނާއި ޑޮކްޓަރުން
މި އޮޕަރޭޝަން ކުރުމަށް 24 ގަޑިއިރު ހޭދަވިކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. މިއޮޕަރޭޝަން ކުރުމަށް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމާއެކީ ނިންމާލާފައި ވަނީ އޭގެ އަނެއް ދުވަހުއެވެ.

ވަކިކުރެވުނު ދެކުދިން ތެރެއިން އެއްކުއްޖެއް
މިފަދަ ގޮތަކަށް ގުޅިފައިވާ ދެކުދިން ވަކިކުރަން ކުރެވޭ އޮޕަރޭޝަނަކީ އާންމުކޮށް ކާމިޔާބު ވާ އޮޕަރޭޝަނެއް ނޫންކަމަށާއި، އެހެން ނަމަވެސް މި އޮޕރޭޝަން ކާމިޔާބު ވުމަކީ މުޅި ހޮސްޕިޓަލަށް ވެސް ލިބުނު ފަޚުރެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ވަކިކުރެވުނު ދެވަނަ ކުއްޖާ މަންމައާއި އެކު
އަދި މިކަމާ ގުޅިގެން މީސްމީޑިއާގައި ވަރަސް ގިނަ ބައެއްގެ ތައުރީފު، އެ ހޮސްޕިޓަލަށް އަންނަނީ ލިބެމުންނެވެ. މިހާރު މި ދެކުދިންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.
ވަކިކުރަން ކުރެވޭ ކައިވެންޏޭ؟ އެއްޗެއް ލިޔެވެނިކޮން ހެޔޮ
އަޕްލޯޑްކުރުމުގެ ކުރިންކިޔަލުން ރަގަޅު
ގުޅިފައިވާ ދެކުދިން ވަކިކުރަން ކައިވެންޏެއްތޯ ކުރީ؟