ޚަބަރު

ކަރަންޓީން ފެސިލިޓީއެއްގައި ތިބި ބަޔަކު ފިލައި، މުޅި ރާއްޖެ ހާސްކަމެއްގެ ތެރެއަށް

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ އަތޮޅު ރިސޯޓެއްކަމަށްވާ ހެރެތެރަ ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ތިބި ފަސް ދިވެއްސަކު ފިލައިފި އެވެ.

Ads by MWSC

ފުލުހުން ބުނީ ހެރެތެރަ ރިސޯޓު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފަސް ދިވެހި ފިރިހެނަކު ފިލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު އިރުއޮއްސުނުހާއިރު ކަމަށެވެ.

ފިލި ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާއިރު އެމީހާ ފެނުނީ ކޮން ތަނަކުންކަން ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ ރާއްޖޭގެ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ކަމަށް ފުލުހުން ހިއްސާކުރި ފުރަތަމަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!