ލައިފްސްޓައިލް

މި ފޮޓޯގައި ފިލާ އިން އަންހެނާ ހޯދޭނީ ވަރަަށް ވިސްނުންތޫނު މީހަކަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފާޑުފާޑުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކޮށް އެ ފޮޓޯގައި ފޮރުވިފައި އެއްޗެހި ހޯދުމަށް ބުނެފައި ހުންނަތަން ފެނެއެވެ. ނުވަތަ އެކި ކަހަލަ ޕަޒުލް ތަކާއި އަރަތްތައް މީސްމީޑިއާގައި ހިއްސާކޮށް ޖަވާބު ހޯދަން ވެސް ބުނެ އުޅެއެވެ. މިފަދަ ޗެލެންޖު ތަކަކީ މީސްމީޑިއާ އިން ވަރަށް ގިނައިން ފެންނަ ޗެލެންޖުތަކެކެވެ.

Ads by STELCO

ދާދި ފަހަކުން މީސްމީޑިއާގައި މިވަނީ އަނެއްކާ ވެސް މިފަދަ ފޮޓޯއެއް އާންމު ވެފައެވެ. އެއީ ޖަރުމަނުގެ އާރޓިސްޓަކު ކޮށްފައިވާ ބުރަ މަސައްކަތެކެވެ. އޭނާ އަކީ މީހުންގެ ގައިގައި ކުރަހާ ބޮޑީ އާރޓިސްޓެކެވެ. އެކި މީހުންގެ ގައިގައި ކެމަފްލާޖް އެތައް މަންޒަރުތަކެއް އޭނާ ކުރަހާފައި އެބަހުއްޓެވެ.

މި ކުރެހުންތެރިޔާ ވަނީ ދާދި ފަހަކުން ގެއެއްގެ ވަށާފާރު ފެންނަ ފޮޓޯއެއް އާންމު ކޮށްފައެވެ. އެ ފޮޓޯގައި އެ ގޭގެ ދޮރާށި ވެސް ދައްކުވައި ދެއެވެ. އަދި ބޭރުގައި ހުރި ގަހެއް ވެސް އެ ފޮޓޯއިން ފެނެއެވެ. އެގަސް ދަށަށް ގިނަ ފަތްތަކެއް ވެރިފައި ވާތަން ފެނެއެވެ. ކޮންމެއަކަސް މި ފޮޓޯއިން އަންހެނަކު ހޯދުމަށް އޭނާގެ ފޮލޯވަރުންނަަށް އޭނާ ޗެލެންޖު ކޮށްފައިވެއެވެ. އަދި މި ފޮޓޯ ހޯދޭނީ ވަރަށް ވިސްނުންތޫނު މީހުންނަށް ކަމުގައިވެސް ބުނެފައި ވެއެވެ.

ނިކަން މި ފޮޓޯއިން އަންހެނަކު ހޯދަބަލާށެވެ. މުޅި ފޮޓޯއަށް ރަނގަޅަށް ނަޒަރު ހިންގާލަބަލާށެވެ. އަދިވެސް ހަމަ ނުފެނުނު ހެއްޔެވެ؟ ވަށާފާރުން ބޭރު ބަލާލަބަލާށެވެ. ހަމަ ނުފެނޭ ހެއްޔެވެ؟

ނުފެނިގެން ތިޔަ އުޅޭ އަންހެން މީހާ އެއިނީ ގަސް ބުޑުގައި އިށީނދެގެންނެވެ. ނުފެނިގެން ތިޔަ އުޅެނީ އޭނާގެ ގައިގައި ކެމަފްލާޖް މޭކަޕް ކޮށްފައި ހުރީމައެވެ.

Ads by Allied Insurance
  1. އަސްލު ތި ވަށްބުރު ފޮޓޯ ގެންނަންވީ އެހެންދުވަހަކުން އޭގެކުރިން ކޮމެންޓް ކޮލަމުގަ ޖަވާބުދިމާކުރަން ދޫކޮށްލަންވީ

  2. ތޫނު

    މަ ހޯދިން.

  3. ވިސްނުން ތޫނު

    ފުރަތަމަވެސް ފެނުނީ އެ މީހާ އެ ގަސްކައިރީގައި އިށީންދެ އިންތަން

  4. އެމޫ

    ދެން ހޯދި މީހިނަށް ރަންގަނޑެއް…

  5. ެއެންމެ ވިސްނޭ

    ފޮޓޯގަ ހުރި އަންހެނާ ނުޖަހާ . ފޮޓޯގަ އިން އަންހެން މީހާ ޖެހިނަމަ . އެކަމްވެސް ހޯދިން

  6. ާަައާއިޝާ

    އެވެސް ބުރަކަމެއ ނެތި ފެނުނީ އެނާ

  7. ޔޫކޭ

    އަހަން ނަންފުރަތަވެސް އަޅައިގަތީ އައްހިނަކު އިންމަންޖަރު ވަރައްރީޗައް ފެނޭގަސް ދޮށުގައި
    އަންހެނަކު އިންކައް

    • ޣާސި

      ފުރަތަމަވެސް އެމީހާ ފެނުނީ