މަސް މާރުކޭޓު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަނީ
މަސް މާރުކޭޓު ބޭނުން ނުކުރެވި އުނދަގޫތަކެއް ކުރިމަތިވެފައިވާތީ، އެތަން ބޭނުންކުރެވޭނެ ގޮތްތަކެއް ސިޓީ ކައުންސިލުން ހަމަޖައްސަމުންދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މަސައްކަތް ކުރަނީ މަސް ޑެލިވަރީ ކުރެވޭނެ ގޮތެއް އަދި މަސް މާރުކޭޓު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށް ކަމަށެވެ.
"މަސް މާރުކޭޓު ބޭނުން ނުކުރެވި އެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވާތީވެ އުސޫލުތަކެއް ކަނޑައަޅައި އިންތިޒާމުތަކެއް ރާވައި މަސްވެރިންނަށް މަސް މާރުކޭޓް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމްތައް ރާވަމުން ސިޓީ ކައުންސިލުން އެބަގެންދޭ" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މިކަމާ ގުޅިގެން ސިޓީ ކައުންސިލުން އުސޫލުތަކެއް ޝާއިރު ކުރައްވާނެ ކަމަށާއި ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލުގެ ތެރެއިން ހުރިހާ ފަރާތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
ލޮކްޑައުން ކޮށްފައިވާތީ މި ދަނޑިވަޅުގައި ކަނޑުމަސް ހޯދުމުގައި ގިނަ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މަސްވެރިންނަށް ވެސް މަސް ވިއްކުމުގައި ދަތިތަކެއް އެބަހުއްޓެވެ.