ޚަބަރު

ލޮކްޑައުންގައި ޓްރޫ ޕީކް ފެނުމަކީ ނާދިރުކަމެއް: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގެ ހާލަތުގައި ޓްރޫ ޕީކް ފެނުމަކީ ނާދިރުކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން އުވާލުމުން ބަލި ފެތުރިގަންނަ މިންވަރަށް ބަލާފައި ޓްރޫ ޕޯކް ދެނެގަނެވޭނެ ކަމަށާއި ބޮޑެތި ކްލަސްޓާތަކުން ފެންނަ ވަރު ގިނަވެދާނެ ކަމަށެވެ.

ޑޮކްޓަރު މިހެން ވިދާޅުވީ މިމަހުގެ ފަހުކޮޅު ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ޕީކަށް ނުވަތަ އެންމެ މައްޗަށް އަރައިގެންގޮސް ހަހާށްވުރެ މައްޗަށް ޕޮޒިޓިވް ކޭސްތައް އަރައިފާނެކަމަށް ލަފާކޮށްފައިވުމުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19ގެ އެންމެ ބޮޑު ޕީކެއް އަންނާނީ ފުރަބަންދުން ބޭރުންކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ކުއްލިއަކަށް ބިދޭސީން ވަރަށް ގިނަ ޢަދަދަކަށް އުޅޭތަނަކުން ނުވަތަ ކުންފުންޏަކުން ފައްސިވާ ކޭސްތަކެއް ފެނިއްޖެނަމަ ޕީކަށް ގޮސްދާނެކަމަށެވެ. އަދު ފުރަބަންދުގައި އޮތުމުން ބަލިހާލަތު ޕީކަށް ދިމުގެ ފުރުޞަތު ކުޑަކުރެވޭނެކަމަށްވެސް ޑޮކްޓަރ ލަފާކުރައްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!