Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރަންޓީން ފެސިލިޓީން ފިލި 5 މީހުންގެ ތެރެއިން 3 މީހަކު ހޯދައި ހައްޔަރު ކޮށްފި

އައްޑޫ ހެރެތެރެ ރިސޯޓް ކަރަންޓީން ފެސިލިޓީން ފިލި 5 މީހުންގެ ތެރެއިން 3 މީހަކު ހޯދައި ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފަސް ދިވެހި ފިރިހެނަކު ފިލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު އިރުއޮއްސުނުހާއިރު ކަމަށެވެ.

ދާދި ދެންމެއަކު ފުލުހުން ބުނީ އެ ރިސޯޓަށް ކަރަންޓީނަށް ގެންދިޔުމުން ފަސް މީހަކު ފިލާފައިވާ ކަމަށާއި އޭގެތެރެއިން ތިން މީހަކު ހޯދުމަށްފަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ހެރެތެރެ ރިސޯޓަކީ ކޮވިޑް-19 އާއި ގުޅިގެން މާލެއިން އައްޑޫއަށް އަންނަ މީހުން ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއް ފެސިލިޓީއެވެ. އެތަނުގައި މިހާރުވެސް 92 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް