ޚަބަރު

މެންބަރު ހިސާން ގެ ބައްޕާފުޅު އަވަހާރަވެއްޖެ، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާށި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިންގެ ބައްޕާފުޅު ޝެއިހް ހުސައިން ޔޫސުފް އަވަހާރަވެއްޖެއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި ޝެއިހު ހުސައިން ޔޫސުފް އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންޑިއާގަ އެވެ.

އަލްމަރްހޫމް ޝެއިހް ހުސައިން ޔޫސުފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަމާއި ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަވާފައެވެ. މީގެ އިތުރުން ޖަސްޓިސް މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ.

ހިސާން ގެ އިތުރުން ޝެއިހް ހުސައިން ޔޫސުފް އަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕާފުޅެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!