ޚަބަރު

ބޯކޮށް ވާރޭ ވެހި މާލެ,ފެނު އަޑީގައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: އެމްވީ ކްރައިސިސް

ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވާ ވާހަކަ އަކީ އައު ވާހަކައެއް ނޫނެެވެ. އަދި މިއީ އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. މިރޭ މާލެއަށް ވާރެ ވެހެން ފެށީ ގާތްގަނޑަކަށް 10:30 އެހާއިރުއެވެ. އެ ވެހެން ފެށި ވާރޭ ގޮސް އެކެއް ޖެހި އިރުވެސް ހުއްޓާ ނުލައެވެ. ތުނި ކޮށްލާހެން ހީވި ނަމަވެސް އިރުކޮޅަކުން ބަލާލާއިރު އަނެއްކާވެސް ބޯކޮށްލައެވެ.

Ads by STELCO

ގެއަށް ނުދެވި ކެފޭ ރެސްޓޯރެންޓުތަކުގައި ވެސް އެތައް ބަޔަކު ތިބޭނެ ކަން ޔަގީނެވެ. އަޅުގަނޑަކީވެސް އޭގެ ތެރެއިން އެކަކީމެވެ. ވާރެ ވެހެން ފެށީ ރައްޓެއްސަކާއެކު ކުޑަ މަޝްވަރާއެއް ކޮށްލަން ކޮފީއެއް ބޯން ރެސްޓޯރެންޓެއްގައި އިންދާއެވެ. ކޮންމެއަކަސް ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާލީއެއް ވެސް ނޫނެވެ. ގެއަށް ދިއުމަށް ފުރުސަތެއްވެސް ނުލިބުނެވެ. ވެހެމުންދިޔަ ވާރޭ ތުނި ނުކޮށްލާތީއެވެ.

ކުޑަކޮށް ވާރޭ ތުނިކޮށްލުމުން ގެއަށް އައި މަގުމަތީގައި އެއް ކަމެއް ފާހަގަވިއެވެ. މިރޭ މާލޭގެ މަގުތަކުގައި ބޯކޮށް ވާރޭ ވެހޭ އެހެެން ދުވަސްތަކުގައި ފެންބޮޑުވާ ވަރަށް ވުރެ ބޮޑަށް ފެންބޮޑުވެފައި ވާ ކަމެވެ. ބައެއް މަގުތަކުގައި ކަކުލުން މައްޗަށް ވެސް ފެން ހުރިތަން ދުށީމެވެ. އަދި އެ ސަރަހައްދުގެ ގެތަކަށް ފެން ވަދެގެން އެކަމާހެދި ދަތިތަކާ ކުރިމަތިވާތީ އުޅޭ މަަންްޒަަރުވެސް ފެނުނެވެ.

ގެއަށް އައިސް މީސްމީޑިއާގެ މަންސަތައް ބަލާލިއިރު ނުފެންނަ އެތައް މަންޒަރެއް ފެނިއްޖެއެވެ. ގިނަ މަގުތަކެެއްގެ ފޮޓޯތައް ފެނިއްޖެއެވެ. އެހެން ދުވަސްް ދުވަހުވެސް މާލޭގައި ފެންބޮޑުވެއެވެ. އެކަމު މިވަރު ވަނީ ހާލަކުން ފަހަރަކުއެވެ. މިރޭ ހަމަ ހަގީގަތުގައި  ވެސް މާލޭގެ މަގުތައް މިއޮތީ ފެނު އަޑީގައެވެ.

ސުވާލަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މި މައްސަލައަށް ހައްލެއް އެބައޮތް ތޯއެވެ. ނުވަތަ ހައްލަކީ ކޮބައިތޯއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ މި މައްސަލަ ހައްލު ކުރެއްވުމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. އެހެން ނަަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ދުވަސް ވީއިރު ވެސް މި މައްސަލައަށް ކުޑަ ނަމަވެސް ހައްލެއް ލިބިއްޖެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެއީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްތޯ ވެސް ސުވާލު އުފައްދާ ގިނަ ބަޔަކު އުޅެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ދުވަސްވަރު ދަނީ ވިއްސާރަ ކުރަމުންނެވެ. އެކި ގެއްލުންތައް ވެސް ލިބެމުންދެއެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދެވެ.

Ads by Ooredoo
  1. ހާރޭ

    މާަލެ އެކަންޏެއް ނޫުނޭ ފެންބޮޑުވަނީކީ! ޢަދި މީހުން އުޅެނީކީވެސް