ރެސިޕީ: ކްލަބް ސޭންޑްވިޗް
ބޭނުންވާ ތަކެތި:
4 ފޮތި ޕާން
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1/2 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
1/4 ޖޯޑ ހުންނަހާ ޓޫނާ ތެޔޮފެލާ ފުނޑުވާ ފައި ހުރި
2 ފޮތި ކިޔުކަމްބަރ
1/2 ސައި ސަމުސާ ލުނބޯހުތް
2 ފޮތި ޓޮމާޓޯ
1 ފޮތި ސްޕައިސް ޗީޒް
2 ބިސް ގިރާފައި
2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ
ލޮނު ކޮޅެއް
ބަޓަރ ކޮޅެއް
މެޔޮނައިސް
ތައްޔާރު ކުރާނެ ގޮތް :
ގިރާފައި ހުރި ބިހުގެތެރެއަށް ލޮނުކޮޅެއްލާފައި ބިސްގަނޑެއް އަޅާލާށެވެ .
ފިޔާ ،މިރުސް އަސޭމިރުސް ލޮނު ހުތް އެއްކޮށްފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަހަ ދޭ ވަރަށް މެޔޮނައިސް ކޮޅެއް އެއް ކޮށްލާށެވެ.
ޕާން ފޮތިތައް ކުޑަކޮށް ޓޯސްޓް ކޮށްލާށެވެ. ޕާން 2 ފޮތީގައި މެޔޮނައިސް ކޮޅެއް ހާކާފައި .އަނެއް 2 ފޮތީގައި ބަޓަރ ކޮޅެއް ހާކާލާށެވެ.
ޕާން ފޮއްޗެއްގެ މަތީގައި މަސް ފަތުރާފައި އަނެއް ޕާން ފޮތި ތަތްކޮށްފައި. ތަތްކުރި ޕާން ފޮތި މަތީގައި ބިސްގަނ ޑު ހަތަރެސް ކަން ކޮށްފައި ( ކަފާލާފައި ) ޕާން ފޮތި މަތީގައި ބާއްވާށެވެ. އަނެއް ޕާން ފޮތި ބިސްގަނޑު ލީ ޕާން ފޮތި މަތީގައި ބޭއްވުމަށް ފަހު 2 ފޮތިކިއުކަމްބަރ އާއި 2 ފޮތި ޓޮމާޓޯ އަތުރާލާފައި ޗީޒްފޮތިލާފައި އަނެއް ޕާން ފޮތި ތަތްކޮށްލާށެވެ. ދެން ހަތަރު ބަޔަށް ކަފާލާށެވެ .
ސާރވް ކުރާއިރު ޓޫތް ޕިކްއަކުން ޕާން ފޮތިތައް ހަރުކޮށްލާށެވެ .