ކުޅިވަރު

ކޮވިޑް-19: ދަނޑުތައް ފުރާލީ ތަފާތު ސަޕޯޓަރުން ތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ގާއިމްކޮށްފައިވާ ލޮކްޑައުންތަކުގެ ސަބަބުން ކުޅިވަރުކުޅޭ ތަނަކަށް ސަޕޯޓަރުން ވަނުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަލާމަތީ ފިޔަވަޅު ތަކާއި އެކުގައި ހުރިހާ ކުޅިވަރުތަކެއްވެސް ފެށުމުގެ އިންތިޒާމްތައް ކްލަބު ތަކާއި ކުޅުންތެރިން ރާވަމުން ދެއެވެ. އެގޮތުން ތައިވާންގައި ބާއްވަން ހަމަޖެހިފައިވާ ޗައިނީޒް ޕްރޮފެޝަނަލް ބޭސްބޯލް ލީގް ވެސް 12 އޭޕްރިލްގައި ބޭއްވުމަށް ތާވަލު ކުރުމަށް ފަހު ފަސްކުރަން ޖެހުނެވެ.

ނަމަވެސް ފަހުން މި ލީގް ފެށިގެން ދިޔަ އިރު ފާހަގަ ކުރެވުނު އެންމެ މުހިންމު ކަމަކީ މުޅި ސްޓޭޑިއަމް ފުރެންދެން ސަޕޯޓަރުން ވަދެތިބި ކަމެވެ. އެއްވެސް ކުޅިވަރެއް ކުޅޭއިރު ސަޕޯޓަރުން ނެތިއްޔާ ކުޅިވަރުގެ ރޫހެއް ނުއޮންނާނެއެވެ. އެހެންކަމުން ކުޅުންތެރިންނަށް މި ފަޅުކަން އިހްސާސްވިޔަ ނުދިނުމަށްޓަކައި، މުޅި ސްޓޭޑިއަމްގައި ވަނީ ކާޑްބޯޑުން ހަދާފައިވާ ސަޕޯޓަރުން ނުވަތަ ބެލުން ތެރިން ބައިތިއްބާފައެވެ. ބައެއް ގޮނޑިތަކުގައި، ފިހާރަ ތަކުގައި ހެދުން އަޅުވާފައި ހުންނަ މެނިކުއިންވެސް ތިއްބެވެ. އަދި ވެސް ޖޯޝު އިތުރު ކުރުމަށްޓަކައި ތައިވާނުގެ އެއް ޓީމް އައީ ރޮބޮޓް އުފައްދާ ކުންފުންޏަކާ ގުޅިގެން ރޮބޮޓްތަކެއް ވެސް ގޮވައިގެންނެވެ.

މިކަންތަކާއެކު، އަސްލު މީހުން ނޫން ނަމަވެސް ކުޅުންތެރިންނަށާއި ސްޓޭޑިއަމްގެ މުވައްޒަފުންނަށް ފެންނާނީ ގޮނޑިބަރިތައް ފުރިފައިވާ މަންޒަރެވެ. ނަމަވެސް އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށްޓަކައި މި ތަން ފުރެންދެން އޮތީ އިންސާނުންނެއް ނޫނެވެ. ނަމަވެސް މި ރޮބޮޓްތަކާއި ކާޑްބޯޑުން ހަދާފައިވާ ސަޕޯޓަރުންނާ އެކީ ޗިއަރ ލީޑަރުން ފޮޓޯވެސް ނަގާފައިވެއެވެ. ތައިވާނުގައި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރިންނަށް ހުއްދަ އޮންނަނީ ގެއިން ހަމަ އެކަނި ދަނޑަށް ދިއުމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ން މާދަމާއިން ފެށިގެން 1000 މީހުން ދަނޑަށް ވަނުމުގެ ހުއްދަ ދިނުމަށް އެޤައުމުން ދަނީ މަޝްވަރާ ކުރެވެމުންނެވެ. މިއީ މެޗްތައް ބަލަން ކެތް މަދުވެފައިވާ މީހުނަށް ވަރަށްވެސް އުފާވެރި ޚަބަރަކަށް ވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!