ރިޕޯޓް ދިވެހި ސިނަމާ

މިއަދަކީ ޝިފާގެ އުފަންދުވަސް: ކިޔައިދިނީ ބެލުންތެރިންނަށް ނޭނގޭ އެތައް ވާހަކަ ތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ފިލްމީ އުދަރެހުގައި އެންމެ އުހުގައި މިއަދު ފިޔަ ޖަހަމުންދާ އެއް ތަރި އަކީ މަރިޔަމް ޝިފާ ކަމާމެދު ޝައްކު ކުރާނޭ މީހަކު މަދުވާނެކަން ގައިމެވެ. ޝިފާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ސްކްރީނުން މަގުބޫލުކަން ހޯދި ޒުވާން ފަންނާނެކެވެ. ހުނަރުން ފުރިގެންވާ ބަތަލާއެކެވެ. ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރާ މޮޅު އެކްޓްރެސް އެކެެވެ. ބުނާ ކޮންމެ ރޯލަކަށް ވެސް ހަމަ އެންމެ ރަނގަޅު އެއް "ފިޓެވެ."

Ads by Hajj Corporation

ޝިފާގެ އިންޓަރވިއުއެއް ނަގާލުމަށްޓަކައި އޭނާގެ ނަންބަރު ހޯދައިގެން ގުޅާލީމެވެ. ފޯނު ނެގުމަށްފަހު ވާހަކަ ދެއްކީ ހިތްހެޔޮކަމާ އެކުގައެވެ. ދަންނަ މީހަކާ ވާހަކަ ދައްކާ ބީދައިންނެވެ. ވާހަކަ މިދެއްކެނީ ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދައިފައިވާ އެކްޓްރެސްއަކާކަން ވެސް ވާހަކަ ދައްކާ މީހަކު ހަނދާން ނެތިދާނެއެވެ. މި ސަބަބަށް ޓަކައެވެ. ބިޒީ ޝެޑިއުލެއްގައި އުޅެމުން ވެސް އަޅުގަނޑުމެންގެ އިންޓަވިއުއަށް ވަގުތުން އާނ ބަސް ބުނުމަކީ އޭނާގެ ކިބައިގައިވާ ހިތްހެޔޮކަން ހާމަކޮށްދޭ މިސާލެކެވެ.

ކޮންމެއަކަސް، މި ތަރިއަށް ތައުރީފުކޮށް ބަސް ހުސްނުވާނެ ކަން ޔަގީނެވެ. ރަދީފުގައި ހުރި ތަޢުރީފްގެ ބަސްތައް އަމުނަށް ވެއްޖެނަމަ މި ލިޔުން ޚާއްޞަވާނީ ހަމައެކަނި އެކަމަށެވެ. އެހެންވެ އެކަން ހުއްޓާލީއެވެ. ޝިފާ ގިނަ ބަޔަކަށް އެނގިފައި އޮންނަނީ މަޝްހޫރު އެކްޓްރެސް އެއްގެ ގޮތުގައި ކަމުގައި ވީ ނަމަވެސް ބެލުންތެރިންނަށް ނޭނގޭ "ޝިފާ"އެއް ވެސް އޭނާގެ ދިރިއުޅުމުގައި ފޮރުވިފައި އެބަވެއެވެ.

ޅަފަތުގައި ވެސް އެކްޓު ކުރާ ހިތްވޭބާ؟ 

މިއަދު ދިވެހި ސްކްރީންތަކުގައި އެންމެ ފަތުއަޑުކިޔާ އެއް ނަމަކީ ޝިފާކަމުގައި ވާއިރު، ޝިފާ އަކީ ކުޑައިރުވެސް ފިލްމީ ދާއިރާއަށް ނުވަތަ ފިލްމު ކުޅެން ޝައުުގުވެރިކަން ހުންނަ ކުއްޖެއްތޯ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އިންޓަވިއު ފެށުމުގެ ގޮތުން ވެސް އަހާލީ އެ ސުވާލެވެ. ލުއި ހިނިތުންވުމަކާއެކު ޝިފާ ބުނީ، އޭނާ އަކީ ކުޑައިރު އެކްޓު ކުރާ ހިތްވާ މީހެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޝިފާ އަކީ އޭނާގެ ޅަފަތުއްސުރެ ވެސް ނެށުންތެރިއެކެެވެ. މިއަދު ޓިކްޓޮކް އެކި ވީޑިއޯތަކުން ފެންނަމުންދާ ޝިފާގެ ނެށުންތަކަކީ އިއްޔެ މެންދުރު އޭނާ ފެށި ކަމެއް ނޫނެވެ. އޭނާ އަކީ އުމުރުން އެންމެ 8 އަހަރުން ފެށިގެން ވެސް ނަށާ ކުއްޖެކެވެ.

ޝިފާގެ ލޯބިވާ މަންމައަކީ ވެސް ނެށުންތެރިއަކަށް ވުމަކީ އޭނާ އެހާ ކުޑައިރު ނެށުމުގެ ދާއިރާއަށް ލޯ ހުޅުވާލި އެއް ސަބަބެވެ. ސުކޫލުގައި އޮންނަ އެކި ހަފްލާތަކުގައި ވެސް އަދި ރަށުގައި އޮންނަ އެކި ކަހަލަ ޝޯވ ތަކުގައި ވެސް ނައިފަރަށް އުފަން ޝިފާގެ މޫނަކީ އޭރުވެސް އައު މޫނެއް ނޫނެވެ. ނެށުމުގެ އިތުރަށް ސްކޫލްގައި އޮންނަ ތަމްސީލް ތަކުގައި ވެސް ޝިފާގެ މޫނު ފެނެއެވެ. އެހެން ނަމަވެސް އޭރު ވެސް ޝިފާއަކީ ފިލްމީ ދާއިރާއިން ކުރިއަށް ދާން ކަނޑައަޅައިގެން މަސައްކަތް ކުރި ކުއްޖެއް ނޫނެވެ.

އުމުރުން ގާތްގަނޑަކަށް 11 އަހަރުގައި ޝިފާ ވަރަށް ގިނައިން ދިވެހި ފިލްމުތައް ބަލާ އުޅުނެވެ. އެ ފިލްމު ތަކުގައި އެކި މީހުން ކުރާ އެކްޓުތައް އޭނާ އެހިސާބުން ނަކަލުކޮށް އަމިއްލައަށް އެ މަންޒަރުތައް ގޭގައި ކުޅެން ފެށިއެވެ. އާއިލާ މީހުންނާއެކު ސަކަރާތް ޖެހުމުގައި އެދުވަހު ވެސް ފެނިގެން ދިޔައީ މިއަދު ބޮޑެތި ސްކްރީންތަކުން އެ ފެންނަ ހުނަރުވެރި ބަތަލާއެވެ. ފިލްމީ ތަރިއަކަށް ވާން އޭނާ ހިޔާލު ކުރަން ފެށި ހިސާބަކީ އެއީ އެވެ.

މޯލްޑިވިއަން އައިޑަލުން ޝިފާ ފެނުނު ހަނދާން ވަނީ ކިތައް މީހުން؟

ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ މަގުބޫލު ލަވަ މުބާރާތަކީ ، ރިއާލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެއެވެ. މޯލްޑިިިވިއަން އައިޑަލުން ޝިފާގެ މޫނު ފެނުނޭ ބުނުމުން ހައިރާންވާ އެތައް ބަޔަކު އުޅެދާނެއެވެ. އަދި މިހެން ބުނުމުން ސަމާސާ ކުރަނީ ކަމަށް ވެސް ބައެއް މީހުން ހީކޮށްފާނެއެވެ. ނަމަވެސް މިއީ ތޯތޯ ވާހަކައެއް ނޫނެވެ. މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ އޮޑިޝަނުން ޝިފާ ފެނިގެން ދިޔައީ ވަރަށް ވެސް ތަފާތު ކޮށެވެ. އެ އޮޑިޝަން ބެލި މީހަކަށް ވިއްޔާ އަޅުގަނޑު މިދައްކަނީ ތެދު ވާހަކައެއްކަން ގަބޫލު ކުރެވޭނެވެ.

އެއީ 2016 ވަނަ އަހަރު ނައިފަރުގައި އޮތް މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކުގެ ތެރެއިން އޮޑިޝަނެކެވެ. ޝިފާ އޮޑިޝަނުގައި ބައިވެރިވާން ނިންމީ އޭނާ އަމިއްލައަށް އެކަން ބޭނުން ވެގެނެއް ނޫނެވެ. އާއިލާ އާއި ރައްޓެހިން އޭނާ އަށް ލަވަކިޔޭނެ ކަމަށް ބުނުމުންނެވެ. އޭނާގެ ކިބައިގައި އެ ހުނަރު ހުރި ކަމަށް އޭނާ އަށްވުރެ ބޮޑަށް އޭނާގެ އާއިލާ އާއި ރައްޓެހިން ގަބޫލު ކުރުމުންނެވެ.

ޝިފާގެ އޮޑިޝަނުގައި އިތުރު ހުނަރެއް ހުރޭތޯ ޖަޖު އައްމަޑޭ ސުވާލު ކުރިއެވެ. ޖަވާބުގައި ޝިފާ ބުނީ އޭނާ އަކީ ކުރަހާ މީހެއް ކަމަށެވެ. އެއަށްފަހު ޝިފާގެ ލަވަކިޔުމުގެ އޮޑިޝަން ފެށިއެވެ. އޭނާ ކީ އުނޫޝާގެ "ރޯންވީހޭ" މި ލަވައެވެ. ލަވަ ކިޔާ ނިމުމުން ޖަޖުން އޭނާގެ ލަވައަށް ކޮމެންޓު ކުރިއެވެ. ޖަޖުންގެ ފަރާތުން ލިބިގެން ދިޔައީ މާ އެދެވޭ ކޮމެންޓު ތަކެއް ނޫނެވެ. ޝިފާ ލަވަ ކިޔަނީ މާ "ސްޓްރެއިޓް" ކޮށް ކަމަށް ޖަޖުން ބުންޏެވެ. އެފަދަ ކޮމެންޓުތައް ލިބެން ފެށުމުން ، އައިޑަލްގެ ދަތުރުގައި ކުރިއަށް ދިއުމުގެ އެތައް އުއްމީދުތަކަކާއެކު ޖަޖުންގެ ކުރިމައްޗަށް ގޮސް ހުރި ޝިފާގެ ދެލޯ ފެންކަޅިވިއެވެ. ހިފަހައްޓާލައިގެން ހުރި ކަރުނަތައް ލޮލުން ފައިބަން ފެށީ އައްމަޑޭ ނޫނެކޭ ބުނި ނަމަވެސް އުނޫޝާ އާއި އިއްބެ އާނ ބަސް ބުނުމުން ދެވަނަ ރައުންޑަށް ދިއުމަށް ޝިފާއަށް މަގުފަހި ވުމުންނެވެ. އެ ދުވަހު ޝިފާ ރުއީ އުފަލުން ކަމެއް ނުވަތަ ދެރަވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ބޮޑަށް ގަބޫލު ކުރެވެނީ، ދެރަކޮށްލާފައި އުފާ ކޮށްލުމުން އެ އިހްސާސްތައް ހިފަހައްޓާ ނުލެވުނީ ކަމަށެވެ.

ގޯލްޑެން ކާޑާއެކު ޝިފާ ޖަޖުންގެ ކޮޓަރިން ނުކުތީ ހިނިތުންވަމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ފޮނި އުއްމީދު ތަކެއް ދެކެމުންނެެވެ. މުބާރާތުގައި ކުރިއަށް އޮތް ތިއޭޓާ ރައުންޑަށް "ލުކް ފޯވާޑް" ކުރަމުންނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ދަގެނތީގައި އޮތް މުބާރާތުގެ ތިއޭޓާރ ރައުންޑުން ޝިފާ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީއެވެ. ދެރަވި ނަމަވެސް މުބާރާތުން ޝިފާ ވަކިވެގެން ދިޔައީ ދިރިއުޅުމުގައި އަދި އުއްމީދު ކަނޑާލައިގެންނެއް ނޫނެވެ.

ލަވަކިޔުމުގެ ދާއިރާއިން ޝިފާ ފެނިދާނެ ބާ؟

މޯލްޑިވިއަން އައިޑަލުން ފެނިލުމަށްފަހު ލަވަކިޔުމުގެ ދާއިރާއިން ޝިފާ އަދި ފެނިފައެއް ނުވެއެވެ. ލަވަކިޔުމުގެ ދާއިރާއިން ޝިފާގެ މޫނު ދެން ފެންނާނެ ބާވައެވެ. މިއީ ހަމަ ގައިމުވެސް ޝިފާއަށް ސަޕޯޓުކުރާ ފަރާތްތަކުން އެ ސުވާލެއްގެ ޖަވާބު ލިބެން ބޭނުންވާނެ ސުވާލެއްކަން ޔަގީނެވެ. ޝިފާގެ ލަވައެއް އަޑު އެހުމަށް އުއްމީދުކުރާ ބަޔަކަށް އެއީ މުހިންމު ޖަވާބެކެވެ.

ޝިފާގެ ގާތުގައި ލަވަކިޔުމުގެ ދާއިރާއިން ފެނިދާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ޝިފާ ބުނީ ފަހަރުގައި އޭނާގެ ލަވައެއް ވަރަށް އަވަހަށް ވެސް ބެލުންތެރިންނާ ހަމައަށް ފެނިގެން ގޮސްފާނެ ކަމަށެވެ. ޝިފާގެ އަޑު އަހާލަން ބޭނުންވެފައި ތިބި މީހުންނަށް މި ހަބަރު ވެގެން ދާނީ އުފާވެރި ހަބަރަކަށްކަން ޔަގީނެވެ. މޯލްޑިވިއަން އައިޑަލުން 2016 ވަނަ އަހަރު އިވުނު ޝިފާގެ އަޑުން މިހާރު ލަވައެއް ކިޔުމުން އެ ލަވަ އަޑު އަހާނެ ކިތަންމެ ބަޔަކު ތިބޭނެ ކަމާމެދު ޝައްކެތް ވެސް ނެތެވެ.

ޝިފާގެ ސޫރަ އެންމެ ފުރަތަމަ "ދެވަންސޫރަ" އިން

ޝިފާ އެންމެ ފުރަތަމަ ބެލުންތެރިންނާ ހަމައަށް ފެނިގެން ދިޔައީ ބިރުވެރި ފިލްމު "ދެވަންސޫރަ" އިންނެވެ. އޭނާ އެ ފިލްމުގައި ފެނިގެން ދިޔައީ އެ ފިލްމުގެ ލީޑު ރޯލުންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. ނަަމަވެސް 17 އަހަރުގައި ވެސް ޝިފާގެ އެކްޓިން ފެނިގެން ދިޔައީ ވަރަށް ވެސް ތަފާތު ކޮށެވެ.

އެ ފިލްމަކީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ފިލްމެކެވެ. އެ ފިލްމު ސިނަމާގައި އެޅުވުމުގެ ކުރިން އޮންލައިން ނޫސް "މިހާރު" އަށް ދީފައިވާ އިންޓަވިއު އެއްގައި ޔޫއްޕެ ބުނެފައި ވަނީ ޝިފާ އަކީ ކުރީގެ ބަތަލާ މަރިޔަމް ނިޝާ ފަދަ ތަރިއަކަށް ވެދާނެ ކަމަށެވެ. ޝިފާގެ މަސައްކަތާމެދު އޭރު ވެސް ޔޫއްޕެ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ދެވަން ސޫރައިގައި ދައްކުވައިދެނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ތަކެކެވެ. އެ ފިލްމުގެ ބޮޑުބައެއް ބިނާވެފައި އޮތީ އެ ފިލްމުން ފިލްމީ އުދަރެހުން ފާޅުވި ތަރި ޝިފާގެ މައްޗަށެވެ. އެ ވާހަކަ ބިނާވެފައި އޮތީ އޭނާއަށެވެ. އެ ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ޝިފާގެ މޮޅު އެކްޓިންގއެވެ.

މިހާތަނަށް އައިއިރު ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ކޮބާ؟ 

ފިލްމީ ދާއިރާގައި ޝިފާ މަސައްކަތްކުރާތާ މިއީ ހަތަރުވަނަ އަހަރެވެ. މިހާތަނަށް ޝިފާ ވަނީ ހައެއްކަ ފިލްމުގެ މަސައްކަތް ކޮށްފައެވެ. އެ ހުރިހާ ފިލްމުތަކެއްގައި ވެސް ޝިފާގެ ހުނަރުވެރިކަން ބެލުންތެރިންނަށް ވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކާލާފައެވެ. އެހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް ޝިފާއަށް އެންމެ ހިތްހަމަ ޖެހިގެން ކުރެވުނީ ކޮން މަސައްކަތެއް ތޯ ބަލާލުމުގެ ޝައުގުގައި އެ ސުވާލު ވެސް ޝިފާއާ އަމާޒު ކޮށްލީމެވެ.

ޝިފާ އަށް މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ މަޖާ ކޮންސެޕްޓަކަށް ޔޫއްޕެ ޕްރޮޑަކްޝަނުން ތައްޔާރު ކޮށްފައިވާ "ފޯޓީ ޕްލަސް" އެވެ. އެ ފިލްމަކީ ޝިފާއަށް ތަފާތު އެތައް ތަޖުރިބާ ތަކެއް ކުރެވުނު ފިލުމެކެވެ. އެ ފިލްމުގަައި ޝިފާ ފެނިގެންދަނީ ރޫހާނީ އެއްޗެއްގެ ސިފައިގައެވެ. އެހެންކަމުން އެ މޭކަޕްކޮށް ލޮކޭޝަނުގައި ޝިފާ ގިނަ ވަގުތުތަކެއް ވަންދެން މަޑު ކުރަން ޖެހުނެވެ. އަދި ވާ ޖަހާފައި މައްޗަށް ނެގުން ފަދަ ޖެހިލުންވާ ފަދަ އެތައް ކަމެއް ވެސް ޝިފާ ކުރަން ޖެހުނެވެ.

ޝިރާނީއާ ޝިފާ ވައްތަރުތަ؟

1990 ގެ އަހަރުތަކުގައި، ދިވެހި ފިލްމީ އުދަރެހުގެ އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ އެއް ތަރިއަކީ، މިއަދު ވެސް އެތަރިއަކަށް ގިނަ ބައެއްގެ ހިތުގައި ލޯބި އޮތް މަޝްހޫރު ބަޠަލާ އައިޝަތު ޝިރާނީ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް ޝިރާނީގެ މޫނަކީ، ދިވެހި ފިލްމީދާއިރާއިން މިއަދު ފެންނަ މޫނެއް ނޫނެވެ. ޝިރާނީ މިއަދު ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައެވެ.

ޝިރާނީއާ ޝިފާާއާ ވައްތަރު ކަމަށް މީހުން ބުނެ އުޅޭތީ ވާހަކައާ މެދު ޝިފާ ދެކޭ ގޮތަކީ ކޮބައި ހެއްޔެވެ؟

ލަދުވެތި ހިނިތުންވުމަކާއެކު އިން ޝިފާ ބުނީ ވަރަށް ގިނައިން އޭނާގެ ގާތުގައި ވެސް މީހުން އެހެން ބުނެ އުޅޭ ކަމަށެވެ. އަދި އެކަމާ އޭނާ އުފާވާ ކަމަށެވެ. އަދި ޝިރާނީއާއެކު ފިލްމެއް ކުޅެލަން ލިބޭނެ ނަމައޭ ހިތަށް އަރާކަމުގައި ވެސް ޝިފާ ފާހަގަ ކުރިއެވެ. ނަމަވެސް ނަމައެއްގައި ކެއްކޭނެ ރިހައެއް ނޯންނާނެކަން މުސްކުޅިން ބުނެއުޅޭ ބުނުމަކީ ތޯތޯ ވާހަކައެެއް ނޫނެވެ. ދިވެހި ފިލްމީ ސްކްރީން ތަކުން ޝިރާނީ ދެން ފެނުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ.

ބޭނުންވަނީ މީހުންނަށް ވަރަށް ޖެއްސުންކުރާ ކުއްޖެއްގެ ރޯލު ކުޅެލަން

ޓިކްޓޮކްގައި ޝިފާގެ ވީޑިއޯތައް ބަލައިލި ކޮންމެ މީހަކަށް ވެސް ފެނިގެންދާނީ ގިނައިން ހިތާމަވެރި ވީޑިއޯ ތަކެވެ. އެ ވީޑިއޯތައް ކުޅެފައި ވަނީ، ބަލާ މީހެއްގެ އިހުސާސްތަކާ ކުޅެލާހާ އަސަރުން ފުރިގެންދާ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް ޝިފާ ހަގީގަތުގައި އެންމެ ކުޅޭ ހިތްވަނީ މީހުންނަށް ވަރަށް ޖެއްސުން ކުރާ ކަހަލަ ކުއްޖެއްގެ ރޯލެކެވެ. މަޖާ އަދި އެހާމެ ސަކަރާތް ޖަހާފަދަ ރޯލެކެވެ.

ބޮޑުބެރު ޖެހުމުގައި ވެސް މަރެއް

ގިނަ ބަޔަކަށް ޝިފާ އެނގިފައި އޮންނަނީ ފިލްމީ ތަރިއެއްގެ ގޮތުގައެވެ. ލަވަކިޔާ މީހެއްގެ ގޮތުގައި ވެސް ބައެއް މީހުންނަށް ޝިފާ އެނގިފައި އޮވެއެވެ. އެހެންނަމަވެސް ޝިފާއަކީ އެއްކަމެއް ދެކަމެއް ކުރާ މީހެއް ނޫނެވެ. އޭނާއަކީ ހަމަ ހަގީގަތުގައި ވެސް ހުނަރުން ފުރިގެންވާ ފިސާރި ކަނބަލެކެވެ. ގިނަ ބަޔަކަށް މިކަން ނޭނގިފައި އޮވެދާނެއެވެ. ޝިފާއަކީ ބޮޑުބެރު ޖެހުމުގެ ދާއިރާގައި ކުޅަދާނަ ބެރުވެރިއެކެވެ. ބޮޑުބެރުގެ ދާއިރާގައި އޭނާއަށް ނޭނގެ ކަމެއް ނެތެވެ، ބެރު ޖަހަން ބުނި ކަމުގައި ވިޔަސް، ނަށަން ބުނި ކަމުގައި ވިޔަސް އަދި ލަވަ ކިޔަން ބުނި ކަމުގައި ވިޔަސް އޭނާ ހުންނާނީ ހޭވައްލާ ތައްޔާރަށެވެ.

ރޯން ވިޔަސް ހޭން ވިޔަސް ޝިފާ ގުޅަނީ މަންމައަށް

ޝިފާ ބުނީ އޭނާ ކުރާ ހުރިހާ މަސައްކަތްތަކެއްގެ ފަހަތުގައި ވެސް ހިތްވަރު ދޭން ހުރީ އޭނާގެ މަންމަ ކަމަށެވެ. ކިތަންމެ ވަރަކަށް މުޖުތަމައުން ބަޔަކު އޭނާ ދިމާއަށް މަލާމާތް ކޮށް އެއްޗެހި ކިޔަމުން ދިޔަ ކަމުގައި ވީނަމަވެސް މިއަދާ ހަމައަށް ވެސް ހިތްވަރު ދޫކޮށް ނުލާ އޭނާ ސާބިތުކަން މަތީ ހުރުމުގެ ސިއްރަކީ އޭނާގެ މަންމައެވެ.

"މިހާތަނަށް ހުރިހާ ކަމެއްގައި ވެސް ޝިފާގެ މަންމަ ޝިފާއަށް ހިތްވަރު ދޭ. އެންމެ އަވަހަށް ކަމަކާ ދެރަ ވިޔަސް ޝިފާ ގުޅާނީ ޝިފާގެ މަންމައަށް. މަންމަ އަބަދުވެސް ދޭ ނަސޭހަތަކީ ކުރަން ބޭނުންވާ ކަމެއް ކަމުގައި ވަނީނަމަ އެކަމަކީ ރަނގަޅު ކަމެއް ނަމަ ކުރާށޭ. ކުރިއަށް ދެވޭނޭ. ޝިފާއަކީ ވާނޭ ކުއްޖެކޭ. ޝިފާއަށް އެހުނަރު އެބަހުރި. އޭތި މަންމަގެ ފަރާތުން އަސްލު ލިބުމަކީ ވަރަށް ހިތްވަރު އަސްލު. ކޮންމެ ކުއްޖަކަށް ވެސް"

މިވާހަކަތައް ޝިފާ ހިއްސާ ކުރީ އޭނާގެ މަންމައާ މެދު އޭނާ ފަޚުރުވެރިވާ ހާލުއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީ ކަމުގައި ވީނަމަވެސް މަންމަގެ ފަރާތުން އެ ލޯތްބާއި އަޅާލުން އަދި އެ ހިތްވަރު ލިބިލިބި ހުންނަނަމަ ޝިފާ ދުވަހަކު ވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ކުރުމުގައި ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ.

"ފިލްމީ ދާއިރާއަށް ނުކުތް ތަނާ ވެސް ޝިފާ މަންމަ ބުނި ޝިފާއަށް ވާނޭ. ލަވަ ކީމަ ވެސް މަންމަ ބުނީ ޝިފާއަށް ވާނޭ. ބެރު ޖެހީމަ ވެސް މަންމަ ބުނީ ޝިފާއަށް ވާނޭ. ނެށީމަ ވެސް މަންމަ ބުނީ ޝިފާއަށް ވާނޭ"

ޝިފާގެ މަންމަ

ޝިފާ އާއި ޖުމައްޔިލް: ލޯބީގެ ގުޅުމެއްތަ؟

ދިވެހި ފިލްމީ އުދަރެހުގައި މިފަހަކުން ފެނުނު އެންމެ ވިދުންގަދަ އެއް ތަރިއަކީ މަޝްހޫރު ޑައިރެކްޓަރު އަހްމަދު ނިމާލުގެ ދަރިފުޅު، ޖުމައްޔިލް ނިމާލެވެ. އެހެން ނަމަވެސް މީސްމީޑިއާގެ އެއްވެސް މަންސައަކުން އޭނާ ނުފެންނަތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ދާދި ފަހަކުން ޝިފާގެ އިންސްޓްގްރާމް ސްޓޯރީން ޖުމައްޔިލް ޝިފާއާއެކު ނަގައިފައިވާ "މިރޯ ސެލްފީ" އެއް ވަނީ ފެނިގެން ގޮސްފައެވެ.

ޝިފާގެ މި އިންސްޓަގްރާމް ސްޓޯރީ ފެނި ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ ޝިފާއާއި ޖުމައްޔިލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ބާވައެވެ؟ މިސުވާލު އަޅުގަނޑު ޝިފާއަށް އަމާޒު ކޮށްލީ ޖަވާބެއް ލިބޭނެ ކަމުގެ ޔަގީން ކަމުގައެއް ވެސް ނޫނެވެ. އެހެން ނަމަވެސް ރަނގަޅަށް ސުވާލު ފުރިހަމަ ނުކުރެވި އުޅެނިކޮށް ޝިފާވަ ނީ މިސުވާލަށް ވަރަށް ސީދާ ޖަވާބެއް ދީފައެވެ.

"ޖުމައްޔިލް އަކީ ޝިފާގެ ވަރަށް ކްލޯޒް ފްރެންޑެއް. ވަރަށް ރެސްޕެކްޓް ކުރާ މީހެއް. އެއީ ޝިފާއަކަށް ޖުމައްޔިލްގެ ފަރާތުން ފެންނަން ނުޖެހޭ އެއްވެސް ކަމެއް ނުފެނޭ. ޝިފާ ދެކޭ ގޮތުގަ ހީ އިޒް އަ ގުޑް ޕާސަން. އެއީ ވަރަށް ރަނގަޅު ފްރެންޑެއް"

ޝިފާ ބުނީ އޭނާއާ ޖުމައްޔިލްއާ ދޭތެރޭ އެކުވެރިކަމުގެ ގުޅުމުގެ އިތުރަށް އެހެން އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ޖުމައްޔިލްއާ އެކު ފިލްމަކުން ފެނިދާނެތަ؟

ޖުމައްޔިލް މަސައްކަތް ކޮށްފައިވާ ބައެއް ފިލްމުތަކުން ވެސް އޭނާގެ ސީންތައް މިހާރު ވަނީ ނަގާފައެވެ. ގިނަ ފިލްމު ޑައިރެކްޓަރުން ވެސް ޖުމައްޔިލް ލައްވާ މަސައްކަތް ކުރުވާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ޖުމައްޔިލް ފިލްމީ ދާއިރާއިން ގެއްލުނީތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ޝިފާގެ ގާތުގައި އަޅުގަނޑު އަހާލީ ޖުމައްޔިލްއާ އެކު ފިލްމަކުން ފެނުމަށް އުއްމީދު ކުރަންތޯއެވެ. ފިލްމަކުން ފެންނާނެ ހެއްޔެކޭ އެއްވެސް ނޫނެވެ. އެހެން ނަމަވެސް ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ޖުމައްޔިލްއާ އެކު ފިލްމަކުން ޝިފާ ފެނިގެންދާނެ ކަން އޭނާ ހާމަ ކުރީ އުފަލާއެކުގައެވެ.

ޝިފާ ހުރީ ހުސްހަށިބައިކޮށް ތަ؟

ޝިފާ އަކީ ގިނަ ދިވެހި ޒުވާން ފިރިހެން ކުދިންތަކެއްގެ ހިތްތަކުގައި ރަނިކަން ކުރަމުންދާ އެކަކު ކަން ޔަގީނެވެ. ދިވެހި ފިލްމީ ސްކްރީންތަކުން ޝިފާގެ ސޫރަ ފެނުމުން ގިނަ ބަަޔަކު ވަނީ ޝިފާގެ ރީތި ކަމުގެ ޖާދޫގައި ޖެހިފައެވެ. ޝިފާގެ ރީތި ހިނިތުންވުމުގެ ވާހަކަ ގިނަ ބަޔަކު މީސްމީޑިއާގައި ވެސް ދައްކައެވެ. އެހެން ކަމުން ޝިފާ ހުރީ ހުސްހަށިބައި ކޮށްތޯ ބަލާލުމަކީ އެ ފަރާތްތަކުން ވަރަށް ބޭނުންވާނެ ކަމެކެވެ.

ޝިފާ ބުނީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިހާރު ވަކިވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ވެސް އޭނާ އަކީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ސިފަކުރަމުން ޝިފާ ބުނީީ އޭނާގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

އެހެން ކަމުން ޝިފާ މިހާރު ހުރީ ސިންގަލް ކޮށެވެ. އެހެން ނަމަވެސް އެހާ އަވަހަށް "ރިލޭޝަންޝިޕް" އަކަށް ދާނެހެން ހީނުވާ ކަމަށް އޭނާ ބުންޏެވެ.

ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަން ބޭނުން ވަނީ ކޮންކަހަލަ ސިފަތަކެއް؟

ޝިފާ ގަޔާވަނީ ކޮންކަހަލަ ސިފަތަކެއް ލިބިގެންވާ ފިރިހެން ކުދިންނެއްކަން އެނގުމަކީ ބައެއް ފަރާތްތަކުން ވަރަށް ބޭނުންވާ ކަމަކަށް ވެދާނެއެވެ. އުފާވެރި ހަބަރަކީ ޝިފާ މީހަކު ޚިޔާރު ކުރުމުގައި ސިފައަކަށް ނުބަލާ ކަމެވެ. އޭނާ އަކީ އެއްވެސް ހާލެއްގައި އެއްވެސް މީހަކު "ޖަޖް" ކުރާނެ މީހެއް ނޫނެވެ.

ޝިފާ ހިޔާރު ކުރާ މީހަކު ވާން ޖެހޭނީ އޭނާއަށް ވަރަށް ތެދުވެރި މީހަކަށެވެ. ތެދުވެރިވުމަކީ ލޯބިވެރިއަކު ހިޔާރު ކުރުމުގައި ޝިފާއަށް އެންމެ މުހިއްމު އެއް ކަމެވެ. އަދި ވަރަށް "ސްވީޓް" ވާން ޖެހޭނެއެވެ. އެގޮތުން މީހުންނާ ވާހަކަ ދައްކާއިރު ހިނިތުން ވުމަކާއެކު ވާހަކަ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޝިފާ ގަބޫލު ކުރާ ގޮތުގައި އެއީ ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަން ޖެހޭ "ކޮލިޓީ" އެވެ. އެހެން މީހުން ދަށްކޮށްލާ ވާހަކަ ދައްކައި އުޅޭ މީހުންނަކީ ޝިފާ އެންމެ ފޫހިވާ މީހުންނެވެ.

ދިރިއުޅުމުގައި ހިތްދަތި ދުވަސްތަކެއް!

ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެކަން ގައިމެވެ. ހިތާމަވެރި ދުވަސްތަކާ ބައްދަލު ކުރަން ޖެހޭނެ ކަން ޔަގީނެވެ. ދިރިއުޅުމުގައި އަބަދު ބަހާރު މޫސުން އައިސްފައި ނޯންނާނެކަން ކޮންމެ މީހަކުމެ ގަބޫލު ކުރަން ޖެހެއެވެ. ޝިފާ ވެސް ދިރިއުޅެމުން ދިޔައީ އުފާވެރިކަމާ އެކުގައެވެ. އަލަތު ކައިވެންޏެއް ކޮށް އެ ކައިވެންޏަށް ދަރިއަކު ވެސް ލިބުނެވެ. އެހެން ނަމަވެސް ޝިފާގެ ހަޔާތް ބަނަ ކޮށްލި ވިލާގަނޑު ބޯމަތިން ކަޅު ކޮށްލީ ޝިފާއަށް ނުވެސް އެނގި ހުއްޓައެވެ. ދަރިފުޅުގެ ތުއްތު އުމުރުގައި ޝިފާގެ ފިރިމީހާ ކުއްލިއަކަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ. ޝިފާއަށް ހަތަރު އުދަރެސް ފެނު ޖެހުނެވެ. މީހަކު ދެކެ ލޯބި ވެވޭނެ އެންމެ ބޮޑަށް ޝިފާ އޭނާގެ ފިރިމީހާ ދެކެ ލޯބި ވިއެވެ. ނަމަވެސް ޝިފާއާ އެދެމީހުންގެ ދަރިފުޅު ދޫކޮށް ޝިފާގެ ފިރިމީހާ ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރީއެވެ. ތަގުދީރުގެ ނިޔާއެވެ. އެ ދުވަހަކީ ޝިފާގެ ދިރިއުޅުމުގައި އައި ބަނަ އެއް ދުވަހެވެ.

ޝިފާގެ ދިރިއުޅުމުގައި ހަނދާން ނައްތާލަން އުނދަގޫ ކަމެއްގެ ގޮތުގައި ދެވަނަ ކަމަކަށް ޝިފާ ފާހަގަ ކުރީ އޭނާގެ ދަރިފުޅުގެ މައްސަލަ އޭނާއާ ދެކޮޅަށް ނިމުމެވެ. ނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. މިއަދުވެސް އޭނާ ހުރީ ޝުކުރުވެރި ކަމާއެކުގައެވެ. އެ މައްސަލަ އޭނާއާ އެއްކޮޅަށް ނުނިމުނު ނަމަވެސް ޝިފާއަށް އޭނާގެ ދަރިފުޅާ ބައްދަލުވެ އުޅެވޭތީއެވެ. ދަރިފުޅު އުރާލާ ދަރިފުޅާއެކު ވަގުތު ހޭދަ ކޮށްލެވުމަކީ ޝިފާ ވަރަށް ހިތް ހަމަ ޖެހޭ ކަމެކެވެ.

ބުރުގާ ބޭލީ ކީއްވެ؟

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން 2016ވަނަ އަހަރު ޝިފާ ފެނުނީ ބުރުގާ އަޅައިފައި ހުރިތަނެވެ. ނަމަވެސް މިއަދު ޝިފާ ބުރުގާ ބާލައިގެން އުޅޭ މަންޒަރު ފެނުމަކީ ގިނަ ބަޔަކު އެއީ ކީއްވެގެން ނިންމި ނިންމުމެއްތޯ ސުވާލު އުފައްދާ ކަމެކެވެ. މި ސުވާލަށް ޝިފާ ދިނީ ކުރު ޖަވާބެކެވެ.

ބުރުގާ ބޭލީ ޝިފާ "ބޭނުންވީމަ" ކަމަށް އޭނާ ބުންޏެވެ. އަދި އެހެން މިބުނަނީ ވަރަށް ތެދަށް ވަރަށް "ޑައިރެކްޓް" ކޮށް ކަމުގައި ޝިފާ ފާހަގަ ކުރިއެވެ. ޝިފާ ބުރުގާ ބޭލީ އޭނާ އެކަން ބޭނުންވީމައެވެ.

ކުރިއަށް އޮތްތަނުގައި ބުރުގާ އެޅުމުގެ އެއްވެސް ހިޔާލެއް އެބައޮތްތޯ ސުވާލު ކުރުމުން ޝިފާ ބުނީ އެކަހަލަ ޚިޔާލެއް އަދި ނެތް ކަމަށެވެ. އެހެން ނަމަވެސް މީހަކާ އިނދެގެން ފިރިމީހާ ބުރުގާ އަޅަން ބުނެފިނަމަ އެކަމާ ދެކޮޅު ނުހަދާނެ ކަމަށާއި އުފަލުން އެކަން ކުރާނެ ކަމަށް ޝިފާ ބުންޏެވެ.

ޝިފާގެ ޝުކުރުގެ ލިސްޓު

ކޮންމެ މީހަކަށްވެސް ކުރިއަށް ދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަމާއި މަދަދު ލިބޭނެކަން ގައިމެވެ. ހަމަ ގައިމު ވެސް ޝިފާގެ ޝުކުރުގެ ލިސްޓުން އެންމެ ކުރީގައި ޖާގަ ހޯދާނީ އޭނާގެ މަންމަ ކަން އެ ސުވާލު ކުރި އިރު ވެސް އަޅުގަނޑަށް އެނގެއެވެ. ޝިފާ އަކީ އޭނާގެ މަންމަ ދެކެ ވަރަށް ލޯބިވާ މީހެއްކަން 45 ވަރަކަށް މިނެޓަށް ދެމިގެންދިޔަ މި އިންޓަވިއުއިން ވެސް އަޅުގަނޑަށް އެނގި ޔަގީން ވިއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޝިފާއާ އެކު ދެގޮތެއް ނުވެ އަބަދުވެސް ހިތްވަރު ދިނުމުގައި ދެމި ހުންނާތީ ޝިފާގެ މަންމައަށް ހިތުގެ ފުންމިނުން ޝުކުރު ރައްދު ކުރެއެވެ.

މި ދާއިރާގެ މީހުންގެ ތެރެއިން ވަކި މީހެއްގެ ނަން ހާމަކޮށް ޝުކުރު އަދާކުރާނެ މީހަކު ނެތް ކަމަށް ޝިފާ ބުންޏެވެ. ސަބަބަކީ ފިލްމީ ދާއިރާގައި މިހާތަނަށް ދިމާވެ އެކުގައި މަސައްކަތް ކުރެވުނު އެންމެންނަކީ ވެސް ޝިފާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޝިފާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން ބައެކެވެ. ނަމަވެސް ޝިފާ މި ދާއިރާއަށް ނެރެދިން މީހުންނަކީ ޔޫއްޕެ އާއި މަނިކު ކަން ފާހަގަ ކޮށް އެ ދެމީހުންނަށް ވަރަށް ހާއްސަ ޝުކުރެއް ޝިފާ އަދާ ކުރިއެވެ.

ފިލްމީ ދާއިރާގައި އެންމެ މަސައްކަތް ކޮށްލަން ޝިފާއަށް ފަސޭހަ އެކަކީ މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދެވެ. އޭނާއާ އެކު މަސައްކަތެއް ކުރުމަށް އާނ ބަސް ބުނަން ޖެހިލުމެއް ނުވާނެ ކަމުގައި ޝިފާ ފާހަގަ ކުރިއެވެ. ސަބަބަކީ ޝިފާ މިހާ ހިސާބަށް ވެސް މޫމިންއާ އެކު ކުރި މަސައްކަތްތައް އޭނާ ނިންމާލީ ވަރަށް ހިތްހަމަ ޖެހިފައި ހުރެގެން ކަމަށް ވާތީއެވެ.

ފޭނުންނަށް "ސަޕްރައިޒެއް" 

ޝިފާގެ ފޭނުންނަށް ޝިފާ ދޭން އޮތީ ވަރަށް ވެސް އުފާވެރި ހަބަރެކެވެ. ގިނަ ބަޔަކު ކުރަމުންދާ އިންތިޒާރެއްގެ ނިމުން ވަރަށް އަވަހަށް އަންނަން އުޅޭ ކަމަށް ޝިފާ ފާހަގަ ކުރިއެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން ހާމަ ކުރާކަށް ޝިފާ ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ފޭނުންނަށް ދޭން އުޅޭ "ސަޕްރައިޒެއް" ކަމަށް ޝިފާ ފާހަގަ ކުރިއެވެ.

ޝިފާއަކީ ހުނަރުވެރި ޒުވާން ފިލްމީ ތަރިއެކެވެ. 22 ނޮވެމްބަރުގައި އުމުރުން 21 އަހަރު ޝިފާއަށް ފުރޭ އިރު ޝިފާ ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް މިހާ ހަމައަށް ވެސް ހޯދާފައެވެ. ދިވެހި ފިލްމީ ދާއިރާގައި ޝިފާގެ މޫނަކީ އައު މޫނެއް ނޫނެވެ. ޝިފާގެ އުއްމީދަކީ މި ދާއިރާގައި ދެވޭ އެންމެ އުހަކަށް ދިއުމެވެ.

ބިޒީ ޝެޑިއުލެއްގައި އުޅެމުން ވެސް އަޅުގަނޑުމެންނަށް އިންޓަވިއު އެއް ދިނުމަށް ޓަކައި ވަގުތުކޮޅެއް ހުސްކޮށްލަދިނީތީ ޝިފާއަށް އަޅުގަނޑުމެންގެ ހިތުގެ އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަބަދުވެސް އެދެނީ އަދަށްވުރެ ފަހި މާދަމާއަކަށެވެ.

  1. ެެދީހްސަރް

    ބުރުގާ ނެގީމަ ވ ކަޑަ

    • ފިނޯކިޔޯ

      ނަސީބު ދަރި ތިމަންޖެ އަތައް ނުލިބުންކަން ..

      ތިޔަ ސިފާ ކައިރީ އަހާބަލަ މަސްތުވާ އެއްޗިސް ބޭނުން ކުރަމުތޯ

  2. ވެލޭ އޭސާ

    މަންމަގެ ދޫނި.. ހަމަ ސާބަސް.. ނުލަފާކަމުން ބުރުގާ ބޭލޭގެން ޗަ ތެޅެނީ. އޯހޯތް

    • ޝިފާގެ މަމް

      މަންމޭ ކުރަނީ ޕޯލް ޑާންސް❤❤

    • ވެލޭ ބުސްރާ

      މަންމޭ ބުނީ ޗަކޮޔަށް ބަކަށްޓެއް ކަތިލޭފޭ ކީ ވެލޭ ސިފާޒާޔޯ. މާ ޝިފާ ވެގެން އުޅޭނެކަމެއްނެތޯ. ދޯ ވެލޭ އޭސާ؟

      • ވެލޭ އޭސާ

        އާނ ވެލޭ ބުސްރާ ގައްދާޔާ!

      • ކަނބޫ

        ބުރުގާ ނުބާލައިވެސް އެކްޓް ކުރެވިދާނެ. މިރާއްޖޭގައި މާ މަތީ ހަރުފަތެއް އޮވޭތޯ ބުރުގާ ބޭލުމުން ދެވޭނެ. ދެން ކަނޑިކި ނުބާލައްޗޭ. ޖުމައިލުވެސް އަގު ވެއްޓި ކަޑަ ވިހެން ވެދާނެ ކަމާނާއަށް

  3. ޙަޔާ

    ހާދަ ޅައިރޭ އެހެންވިޔާ ދަރި ހޯދީ…އެންޑް ކީވެ އެހާ ކުޑައިރު ކޯޓުން މަންމައަށް ދަރި ހަވާލްނުކުރަންވީ…

  4. ސުވާލު!

    ޝިފާގެ މަންމަގެ ވާހަކަ ދެކެވުނު އިރު ޝިފާއަށް މަންމަ ކިޔާ ކުއްޖާ ކޮބާ ތޯ އަހާނުލީ ކީއްވެބާ؟

  5. ޝިފާޒާ

    ޝިފާޒާ އިން ޝިފާއަށް ނަން ބަދަލުވި ގޮތް ވެސް ބަލަން ބޭނުން…

  6. ވެލޭ އޭސާ

    މަގޭ ކޮޔައް ކިޔަނީ ޝިފާ އެއްނޫން ޝިފާޒާ ކިޔަނީ އެ ކޮޔައް

    • ވެލޭ ސިފާޒާ

      މަންމޭ ކޭރީގޭ ބުނިންދޯ “ކޮޔަށް” ކިޔާއިރު އިންނާނީ ށަވިޔަނި ސުކުނެކޭ. މާމޭ ފޮށޭ ދޮށުން ޗަހަރީ ޢިލްމު ހޯދޭގެން ދޯ މަންމާ.

  7. ވެލޭ ބުސްރާ

    ޗަކޮޔާ ސިފާޒާ! ވެލޭ އޭސާ ބާރު ބާރަށް ވޭލާ ޓިކްޓޮކެއް ބޭނުންތަ؟

  8. ވެލާ އައިސަ

    މަށެއް ގަބޫލެއްނޫން އޭނަ ފިލްމް ކުޅޭކަށް އޭނަ އާއިލާ މީހުންވެސް ނުގަބޫލު

  9. ނަން ހާމަނުކުރަން

    އައުރަ ނިވާނުކޮށްއުޅޭ އަންހެނާ، ކައްވަޅުގަ ލިބޭ އަޒާބް ދެނަހުރިންތަ….
    ހެޔޮ ވިސްނުން ދެއްވާށި…
    ޢާމީން

  10. މަންމަ އެއް

    ސިފާ އަކީ މަންމަ އެކޭ ބުނަން ޙައްްޤު މީހެއް ނޫން… ކުޑަ އިރު މަޔަކަށް ދަރި ނުލިބޭނީ މައިމީހާ ވަރަށް ގޯސްވީމާ. ސުވާލު އުފެދޭ؟

  11. ނަޓޭ

    އަަދި ޝިފާކާރިން އަހާލާނ އެބަބޭނުންވ މިދިޔަ ހަފުތާގެ އިންޓަވިއުގައި ގެނެސްދިން އައުރަނިވާނުކުރާ އާޝާގެ އެކްސް އިޝްފާން އާއި އޮންނީ ކޮން ގުޅުމެއްހޭ؟

  12. ބޮޗެ

    ހިޖާބުއަޅާނިވާވުމަށްމާތްﷲއަމުރުކުރަށްވާފައިވަނިކޮށްއެކަންދޫކޮށްމިއަދުތިޔައުލެނީ މާދަމާއަށްވިސްނާފަތަ

  13. ހިތާމަ

    ޝިފާއަށް ކަމުދަނީ މިދުނިޔެމަތީގެ އުފަލާއި މަޖލާއި އަރާމު އަދި ހިނިތުންވުން. ވަރަށްހިތާމާ ހިރި ޚަބަރެއް.

  14. ފިލް

    މިތާ ކޮމެންޓު ތަކުގަ ކިޔާ އެއްޗަކަށް ބަލާނެކަމެއް ނެތް. ޑޫ ވަޓް މޭކްސް ޔޫ ހެޕީ.

    • ހެޔޮވިސްނޭ

      އިނބިލީސް ވައްޓާލައިފި ލޮލް

  15. ާްއަޖުވަދު އަބުދުالله

    ފިރިމީހާ ބުނީމަ ތަ ބުރުގާ އަޅަނި އަހަހާ الله އަށް ބިރުވެތިވެ ކުރަން ޖެހޭ ކަމެއްނު އެޔީ ހެޔޮވިސނުން ދެއްވާށި

  16. ޓަކި މޫނާ

    އޭނަޔަށް ކަމުދާ މީހާގެ ޥަހަކަ ގޮސް އޭނަ ކާރީ އަހާބަލަ ބޮޑު ހަބަރެއްގަ ތަ އޭނަ ބޭނުންވާ މީހާ ގެ ވާހަކަ ލިޔަން ވީ؟