ޚަބަރު

ކުޑަ ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި މީހަކު ރައްޔިތުން ނިކުމެ ފުލުހުންނާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި މީހަކު ރައްޔިތުން ނިކުމެ ފުލުހުންނާ ހަވާލުކޮށްފިއެވެ. "ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައިމި މީހާ އަތުލައިގެންފައި ވަނީ ހއ. ހޯރަފުށީ ގެއެއްގައި ކުޑަކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށެވެ.

Ads by MWSC

މި މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ވެސް މިހާރުވަނީ އާއްމުވެފައެވެ. މިވީޑިއޯއިން ފެންނަ ގޮތުގައި ގެއިން ނެރުނު ވަގުތު އޭނާ ހުރީ ބަރަހަނާ ހާލުގައި ކަމަށްވެއެވެ.. މިހާރު ދައުރުވަމުންދާ ވީޑިއޯއިން އޭނާ އެއްޖިންސުން ގުޅުން ހިންގި ކުޑަކުއްޖާ ނުފެނެއެވެ.

އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!