ރެސިޕީ: ކެރެޓު ޕިރިނީ
ބޭނުންވާތަކެތި:
1/3 ޖޯޑު ހަނޑޫ ފުށް (ރާޅު)
½ ޖޯޑު ގާނާފައިވާ ކެރެޓު
½ 2 ޖޯޑު ފެން
6 އިންޗި ރާނބާފަތް
2 ސައިސަމުސާ ރޯޒްވޯޓަރ (ނޫނީ ބޭނުން ވަރަކަށް)
½ ޖޯޑު ގެރިކިރު (އަހަރުމެން ބޭނުން ކުރީ ޑަބަލް ޕީޗް)
2 މޭޒުމަތީ ސަމުސާ ހިކި މޭބިސްކަދުރު (އަޅަން ބޭނުމިއްޔާ)
1-2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
ހަދާނެގޮތް:
1. ފެނާއި ރާނބާފަތް ތެއްޔަކަށް އަޅައި ބޮކިޖަހާ ކެކެންދެން ކައްކާށެވެ.
2. ފެންގަނޑު ކެކިގަތުމުން ހަނޑޫ ފުށް ތެއްޔަށް އަޅާށެވެ.
3. މަޑު ގިނީގައި ބަހައްޓައިގެން ހަނޑޫފުށްކޮޅު މަޑުވަންދެން ކައްކާށެވެ. ދޭތެރެއަކުން ގިރާލަންވެސްވާނެއެވެ. އަހަރުމެންނަށް މިކަމަށް ނެގީ 15 ވަރަކަށް މިނެޓެވެ.
4. ދެން ކެރެޓްކޮޅާއި ގެރިކިރުކޮޅު ތެއްޔަށް އަޅައި ކެރެޓްކޮޅު މަޑުވަންދެން ކައްކާށެވެ. އަދި ކައްކާއިރު ގެންދަންވާނީ ގިރަމުންވެސް މެއެވެ. އަހަރުމެންނަށް މިކަމަށް ނެގީ ގާތްގަނޑަކަށް 7 މިނެޓެވެ. ރަނގަޅަށް ކެކުނީމައި ތެލީގައިވާ ތަކެތި ހުންނާނީ ކޮންމެވެސް ވަރަކަށް އޮލަކޮށެވެ.
5. ބޭނުމިއްޔާ ތެލިން ރާނބާފަތްކޮޅު ނަގާށެވެ. ދެން ރޯޒްވޯޓަރ އާއި ބޭނުންކުރާނަމަ ހިކިމޭބިސްކަދުރުކޮޅު އަޅައި އެއްކޮށްލާށެވެ.
6. އުނދުން ނިވާލާ ތެލީގައިވާ ތަކެތި ތަބަކަކަށް ނުވަތަ އެހެން އެއްޗަކަށް އަޅާށެވެ. އަދި ފުރޭންޏެއް ބޭނުން ކޮށްގެން އޭގެ މައްޗަށް މުގުރި ފޮނިތޮށި ކާފޫރުތޮޅި ބުރުއްސާލާށެވެ. ހޫނުކޮށް ހުއްޓައިވެސް އަދި ފިނިކޮށްގެންވެސް މި ޕިރިނީ ކާލެވިދާނެއެވެ.