ޚަބަރު

750 މީހުންނާއި އެކު އިންޑިއާގެ މަނަވަރު ރާއްޖޭން ފުރަން ތައްޔާރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުން ބަލައި އައި މަނަވަރަށް 750 އެއްހާ މީހުން އަރުވާ މަނަވަރު ފުރަން ތައްޔާރުވާން ފަށައިފިއެވެ.

Ads by Hajj Corporation

"އައިއެންއެސް ޖަލާޝްވާ" ނަމަކަށް ކިޔާ މަނަވަރު މާލޭ ވިޔަފާރިވެރިންގެ ބަނދަރުގައި ބަނދަރުކޮށް މި މަނަވަރުގައި ރާއްޖޭގައި އުޅޭ 700 އަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަނަވަރު މިއަދު ރާއްޖެއިން ފުރާނީ ހަވީރު 4 ޖަހާއިރުއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި މަނަވަރުގައި 750 މީހަކު ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި ފުރުމުގެ ކުރިން އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ދިވެހި ސަރުކާރާއެކު ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އިންޑިއާ ހައިކޮމިޝަނުން ބުނީ، މިފަހަރު އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށެވެ.

އެހެން ޤައުމުތަކުން އިންޑިއާއަށް އެނބުރި އަންނަ ރައްޔިތުން ފަދައިން މި ރައްޔިތުންވެސް އެނބުރި ޤައުމަށް އެނބުރި ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!