100 ޑޮލަރު ދީގެން ގަތް ކަބަޑުގެ ވަތްގަނޑަކުން ފެނުނީ ހީވެސް ނުކުރާ ފަދަ އެއްޗެއް!

މިއީ އެމެރިކާގައި ދިރިއުޅެމުން އައި އުމުރުން 55 އަހަރުގެ ފިރިހެނަކަށް ދިމާވި ވަރަށް އާދަޔާ ޚިލާފު ކަމެއްގެ ވާހަކައެކެވެ.
މަގުމަތިން ހިނގާފައި ދަނިކޮށް ފެނުނީ މީހެއްގެ ގޭދޮށުން ،ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު ވިއްކާ މަންޒަރެކެވެ. މި މީހާ އެތަނަށް ދިޔައީ ވިއްކަނީ ކޮންކަހަލަ އެއްޗެއްތޯ ބަލާލުމަށެވެ. އެހެން ނަމަވެސް އޭނަގެ ލޮލުގައި އަޅައިގަތީ މި ކަބަޑެވެ. ބަލާލަން ކިތަންމެ ބާ ވިޔަސް ސާހީ ގޮތެއް ހުރެއެވެ.
އެހެންކަމުން އަގު ބަލާލީއެވެ. 100 ޑޮލަރަށް ކަމުން ވަގުތުން ބޭނުންވީ ގަންނާށެވެ. ޖުމުލަ ތިން ބައި ހިމެނޭ މި ކަބަޑު އެމީހާ ގަނެގެން ކާރަށް އެރުވުމަށް ކުރި މަސައްކަތުން ވެސް ކޮންމެސް ދަގަނޑު ޒާތުގެ އެއްޗެއް ތެޅޭ އަޑު އިވުނެވެ. އެހެންނަމަވެސް އެ ކަބަޑު ރަނގަޅަށް ބަލަން ބޭނުންވީ އަމިއްލަ ގެއަށް ގެންގޮސް ހަމަ ޖެހިލައިގެންނެވެ.
ގެއަށް އާދެވުމާއެކު، ރަނގަޅަށް އެ ކަބަޑު ބަލަން ފެށިއެވެ. ކުޑަކޮށް ތަޅުވާލިޔަސް ދަގަނޑު ތެޅޭ އަޑު އިވެއެވެ. އެހެންކަމުން ހުރިހާ ކަބަޑުގެ ހުރިހާ ބައެއް ވެސް ރަނގަޅަށް ހުޅުވާ ބަލަން ފެށިއެވެ. ނަމަވެސް އެއްވެސް ބަޔަކުން އެއްޗެއް ފެންނާކަށް ނެތެވެ. ދެން ސީދާ އަޑު އަންނަ ދިމާ ހޯދަން މަސައްކަތް ކުރީއެވެ.
ރަނގަޅަށް ބަލާލި އިރުގައި އަޑު އަންނަނީ ތިން ބައި ވެސް ދޫކޮށް އެންމެ ތިރީގައި ހުރި އިތުރު ސިއްރު ވަތްގަނޑުންނެވެ. އެތެރޭގައި ވާ އެއްޗެއް ބަލަން ކެތް މަދުވެފައި ހުރި މި މީހާ ވަރަށް މަޑު މަޑުން އެ ވަތްގަނޑު ހުޅުވާން މަސައްކަތް ކުރިއެވެ. މާ އުނދަގުލަކާ ނުލާ އެ ވަތްގަނޑު ހުޅުވިއްޖެއެވެ.

ފެނުނު މަންޒަރުން މީހާގެ ބަސް ހުއްޓިފައި މިނެޓެއްހައިއިރު ވަންދެން ހުރެވުނު ކަމަށް ވެސް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ. އެވަތްގަނޑުގައި އެވަނީ ގިނަ އަދަދެއްގެ ރުފިޔާއާއި ރަނުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ޒަމާނުގެ ބައެއް ސާމާނެވެ.

ނަސީބަކީ ކަތީބެ ދޭއެއްޗެއް ނޫނެވެ. މި މީހާ ވެސް އެންމެ 100 ޑޮލަރު ޚަރަދު ކޮށްގެން ބޮޑު މުއްސަންޖަކަށް ބަދަލު ވެއްޖެއެވެ. މި މީހާގެ ވާހަކަތައް ސޯޝަލް މީޑިއާތަކުގައާއި އެހެނިހެން ވަސީލަތް ތަކުގައި އަންނަނީ ހަލުވި ކަމާއެކު ދެކެވެމުންނެވެ.