ޚަބަރު

އިތުރު 86 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން އިތުރު 86 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 86 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެހިންނާއި، ތިން އިންޑިއާ މީހުންނާއި ސްރީލަންކާ އަދި ނޭޕާލު މީހެއް ކަމަށެވެ.

މި 86 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 734 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 232 ދިވެހިންނާއި، 502 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!