ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް މުއިއްޒު ގޮވާލައްވައިފި
ކުޑަދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ތަފާތު ކުރުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅަން އަދަބު ދޭން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން މި ވިދާޅުވީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުތުރުގެ ރަށަކުން އުމުރުން 53 އަހަރުގެ ފިރިހެނަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ އެންމެންނާމެދު އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެ ހަރުކަށި ފިޔަވަޅު އަޅާ އަދަބު ދިނުމަށް ފަސްނުޖެހުމަށް ގޮވާލާ ކަމަށެވެ.
"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރާއި މުއައްސަސާތަކާއި އާއިލާ ތަކާއި މުޅި މުޖުތަމައުގެ ޒިންމާ ވަރަށް ބޮޑު" މުއިއްޒު ވިދާޅުވިއެވެ.
Kudhakudhinnah jinsee goanaa kuraa emmennaa medhu evves thafaathu kurumehnethi emme harukashi fiyavalhu alhaa adhabu dhinumugai fasnujehumah govaalan! Kudakudhinge rakkaatheri kan kashavaru kurumugai sarukaaraa, muassasaa thakaa, aailaa thakaa, mulhi mujthamauge zimmaa varahbodu.
— Dr Mohamed Muizzu (@MMuizzu) May 8, 2020
ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމު ކަމަކަށް ވެފައިވާއިރު، ދުވަހެއް ދުވަހަކަށް މި ފަދަ މައްސަލަތައް ހުށަހެޅޭ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.