ރިޕޯޓު

ހޫނު ތަރުހީބުގެ އަތްތިލަބަޑިއަކުންދޭ ވެދުން: ޤައުމުގެ ޚިދުމަތްތެރީންނަށް ވިޒިޓް ލާމު އެޓޯލްގެ ފަރާތުން!

ދެން އެމްވީ

މިއީ އާދައިގެ އަތްތިލަބަޑިއެއް ނޫނެވެ.

ގިނަ ބަޔަކު އެއްބައިވެގެން ޖަހާލި މިއަތްތިލަ ބަޑިއަކީ ޤައުމު މިހާރު ވެއްޓިފައިމިވާ ނުރައްކަލުގެ ތެރެއިން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި، ޤައުމުގެ ހީވާގި ޚިދުމަތްތެރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ދީފައިވާ އަތްޖެހުމެކެވެ.

މުޅި ދުނިޔެއަށާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައިގަ އަހަރެމެންގެ ޚިދުމަތުގައި ތިބި ފަރާތްތައް ކޮށްދެމުންދާ މިންނެއް މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވިޒިޓް ލާމު އެޓޯލްގެ ފަރާތުން މިވަނީ ވަރަށް ވެސް އަދި އެހާމެ ބަލާލަން ހިތްގައިމު ވީޑިއޯ އެއް އުފައްދާފައެވެ.

"ހޫނު އަތްތިލަ ބަޑިއެކެވެ" މިޝިޢާރުގެ ދަށުން އުފައްދާފައިމިވާ ވީޑިއޯ އާއި ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިޒިޓް ލާމު އެޓޯލްގެ ފައުންޑަރ އަދި ރައީސް މުޙައްމަދު އަރީޙް ވިދާޅުވީ، މިވީޑިއޯ ފަށާއިރު ފެންނާނީ ގިނަބަޔަކު އަތްތިލަބަޑި ޖަހާ މަންޒަރު ކަމަށާއި، އެެއީ އެޚިދުމަތްތެރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"ދެން އިންނާނީ ބައެއް ދާއިރާތަކުގަ މަސައްކަތްކުރާ މީހުންގެ ވީޑިއޯ. އެބައި ހިމަނާލީ އެޚިދުމަތްތެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ އެދުމަކަށް. އެއީ އެބޭފުޅުންގެ އަޒުމް ވަރުގަދަކަން ދައްކާލަން" އަރީޙް ވިދާޅުވިއެވެ.

ހޫނު އަތްތިލަ ބަޑިއެކެވެ!

ހޫނު އަތްތިލަ ބަޑިއެކެވެ!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!